Dhiraagu
Ooredoo

މަޖިލީހުގައި ހިންގި ހަމަނުޖެހުންތަކުގެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅަނީ

މިއަދު މަޖިލީހުގައި ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް ހުރަސް އަޅަނީ: އެމްޑީޕީން ވަނީ، މަޖިލީހުގައި ހަމަނުޖެހުން ހިންގި މައްސަލަ 241 ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ބުނެފައި --

ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިންގި ހަމަނުޖެހުންތަކުގެ މައްސަލަ، ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީއަށް ހުށަހަޅާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ބުނެފިއެވެ.

ADK GENERAl

މަޖިލީހުގެ ދައުރުން ބޭރުން، ސަރުކާރުގެ ވަޒީރުންނަށް ރުހުން ދޭން ބޭއްވި ޖަލްސާގެ މަސައްކަތްތައް ކުރިއަށްނުގެންދެވި ނިންމާލަން ޖެހުމާ ގުޅިގެން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ މިއަދު މުޅި މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުނު ކަމަށެވެ.

"އެއީ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން، މުޅި ޖުމްލަ މަޖިލީހުގެ ހުރިހާ މެންބަރުންގެ މިދަންނަވަނީ، ހަމައެކަނީ އެމްޑީޕީ ވާހަކައެއް ނޫން މިދަންނަނަވީ، ހުރިހާ މެންބަރުން. އެއްވެސް މެންބަރަކަށް ގެއްލުންވުމަކީ، އެއްވެސް މެންބަރަކަށް ގެއްލުމެއް ލިބުމަކީ އަޅުގަނޑުމެން ރުހޭނެ ކަމެއް ނޫން އަދި އަޅުގަނޑުމެން އެކަން ބަލައިގަންނާނެ ކަމެއް ނޫން،" ސަލީމް ވިދާޅުވިއެވެ.

އެހެންވެ، އެކަން ހިނގައިދިޔަ ސަބަބު ބަލަން އެ ޕާޓީން އެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައި، އެ މައްސަލަ ތަހުގީގު ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ މިއަދުގެ ޖަލްސާއަށް ހުރަސްއެޅުމުގެ ގޮތުން، ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ރައީސްގެ މޭޒު ހިސާރުކޮށް، ގެއްލުންތައް ދިންތައް ކަމަށެވެ.

"ހިސާރުކުރައްވާފަ ފުރަތަމަ ކަމަކަށް ކުރެއްވި ކަމަކީ ސައުންޑް ޖެކުތައް އެއްޗެހި ފޮރުވީ، ސްޕީކާތަކާ އެއްޗެހި ނެގީ، ނަރުތައް ބުރިކޮށްލީ،" މުހައްމަދު ރަޝީދު ހުސައިން ވިދާޅުވިއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި 18 މެންބަރުން ތިއްބަވާއިރު އޭގެ ތެރެއިން 11 މެންބަރުންނަކީ އެމްޑީޕީ މެންބަރުންނެވެ. އަދި މަޖިލީހުގައި އެމްޑީޕީއާ ގުޅިގެން މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ދަ ޑިމޮކްރެޓްސްގެ ދެ މެންބަރަކު ވެސް އެ ކޮމިޓީގައި ތިއްބަވައެވެ.

އެ ކޮމިޓީގައި ހިމެނެނީ ޕީޕީއެމްގެ އެއް މެންބަރާއި ޕީއެންސީގެ އެއް މެންބަރެވެ.

މިއަދުގެ 9:00ގައި ޖަލްސާ ފެށުމަށްފަހު، ވަޒީރުންނަށް ރުހުން ދޭން 13:30ގައި ވޯޓު ނަގަން މަސައްކަތްކުރި ނަަމަވެސް ހަމަނުޖެހުންތަކުގެ ސަބަބުން މަޖިލިސް މެދުކަނޑާލަން ޖެހުނެވެ. އެއަށްފަހު 20:00ގައި އާއި 22:45 ހާއިރުވެސް ޖަލްސާ ކުރިއަށް ގެންދާން ރިޔާސަތުން މަސައްކަތް ކުރި ނަަމަވެސް ޕީޕީއެމާއި ޕީއެންސީގެ މެންބަރުން އަޑުގަދަކުރަމުން ދިޔުމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ނިންމެވި ޖަލްސާ ނިންމަވާލެއްވުމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މާދަމާ 11:00ގައި ދައުރުން ބޭރު އިތުރު ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

Redstar
comment ކޮމެންޓް

comment ސލހ

1 year 3 month ago

ތި ކޮމެޓީ އަކަށް މައްސަލަ އެއް ލައިގެން ވާކަމެއް އޮވޭތަ؟ ތިއަށް ވުރެއް ރަނގަޅުވާނެ 4426 ކޮމެެޓީ އަށް ފިޮނު ވިޔަސް.

comment ނުކިޔަވާ މީހާ

1 year 3 month ago

އިސްލާމީ ޝަރީއަތުގެ ހިޔަނިވެސް އެޅިފައި ނެތް ބަޔަކު މަޖްލިސް އަށް ޢައްޔަންކުރީމާ ވާނެ ހައެއްޗެއް ވާނެ!!!! ރައްޔިތުން އަތްޖަހާ!!!!!!!!!!!!!!!!

comment އިބްރާހީމް

1 year 3 month ago

"މަޖިލީހުގައި ހިންގި ހަމަނުޖެހުންތަކުގެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅަނީ" ކުރިކަމެއް ކުރީ "އަމިއްލައަށެވެ". އަދި އެކަން ކުރި ގޮތް ބަލަނީވެސް "އަމިއްލައަށެވެ". ބޮޑު ޖޯކަކަށް ނުފުދޭ ހެއްޔެވެ؟

comment ސލހ

1 year 3 month ago

ތިމަންނަ މެންނަށް ވެރިކަން ނުލިބުނީ ބަލަގަ އަހަރެމެން ކުރި ކަމަކުން ނޫނޭ! ބަލަގަ ތާޢީދު ނެތީ މައޭ! މޮޔަފުޅު ވެގެން ތޯ ތި އުޅުއްވަނީ.

comment ސލހ

1 year 3 month ago

ހަމަ ނުޖެހުން ހިންގީ ކީއްވެގެން؟ ފުރަތަމަ ފޮނުވަން ވީ ރުހުން ނުދިން މައްސަލަ. އެހެން ނޫނަސް ތިބުނާ ކޮމެޓީ އަކަށް ފޮނުވައިގެން ކޮން ކަމެއް ވަނީ؟ ރުހުން ނުދިން މައްސަލަ ކޯޓަށް ފޮނުވައިގެން ފިޔަވަޅު އެޅުމަށް ގޮވާލަން