މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާނުގެ ހާދިސާ ހިނގި ޕަރުވާނާ ގެ-- ފޮޓޯ: އެމްއެންޑީއެފް

މާލޭގެ މާފަންނުގައި ހުންނަ ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ބުނީ އެ ގެއިން ދުން އަރާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު މެންދުރު 14:14 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ރޯވެފައިވަނީ ޕަރުވާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެެއްގައި ހަރުކޮށްފައިހުރި އޭސީ އިންޑޯ ޔުނިޓެއްގައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި ޕަރުވާނާ ގެ-- ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގެ މައުލުމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަޔާ ފައިޓަރުންގެ މަސައްކަތުން އަލިފާންގަނޑު ނިއްވާލާފައިވަނީ 14:30 ހާއިރުއެވެ.

މި ހާދިސާގައި އޭސީ އިންޑޯ ޔުނިޓް އަނދައި، އެ ޕާޓްމަންޓްގައި ހަރުކޮށްފައިހުރި ފަންކާއަކާއި ލައިޓުތަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

comment ކޮމެންޓް