ކައުންސިލްގެ އިހްތިޞާސުގައި ނެތް ފަޅު ރަށްރަށް ލިބޭ ގަވައިދެއް

ރާއްޖޭގެ ފަޅު ރަށްރަށް --

ކައުންސިލްތަކުގެ އިހްތިޞާސުގައި ނެތް ފަޅު ރަށްތައް ވެސް ލިބޭ ގޮތަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިޞާދީ ބޭނުންތަކަށް ފިޔަވައި އެހެން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވައިދެއް ގެޒެޓްކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ގެޒެޓްކުރި މި ގަވައިދުގައިވާ ގޮތުން އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިޞާސްގައި ނުހިމެނޭ ފަޅުރަށެއް ނުވަތަ ފަޅުރަށުން ބައެއް ހޯދުމަށް އެދި ކައުންސިލްތަކުން ހުށަހަޅާއިރު، އެ ރަށެއްގައި ކުރަން ބޭނުންވާ ކަމެއްގެ ތަފްސީލީ ރިޕޯޓެއް ހުށަހަޅަން ޖެހެއެވެ.

އަދި އެ ރިޕޯޓުގައި އެ ތަނެއްގައި ކުރާ މަސައްކަތަކާ ސަރުކާރުގެ ތަރައްގީގެ ޕްލޭނާ ގުޅުންހުރި މިންވަރު ވެސް ބަޔާންކުރަން ޖެހެއެވެ.

އިހްތިޞާސްގައި ނެތް ފަޅު ރަށެއް ކައުންސިލަކަށް ދޫކުރާނީ 10 އަހަރަށެވެ.

ބީލަމުގެ އުސޫލުން، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ނުވަތަ، ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު އާންމު ފަރާތަކުން ފަޅުރަށެއް ހޯދަން އެދި، ހޮވިއްޖެނަމަ އެ ރަށެއް ދޫކުރަނީ 21 އަހަރަށެވެ.

ރަށު ކައުންސިލް ނުވަތަ ސިޓ ކައުންސިލުގެ އިހްތިޞާސްގައި ނުހިމެނޭ ފަޅުރަށްތަކުގެ ތެރެއިނ،ް
މި ގަވާއިދުގެ ދަށުން ދޫކުރާނެ ފަޅު ރަށްރަށް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަވައިދުގައިވެެއެވެ.

ގަވައިދުގެ ދަށުން ކައުންސިލްތަކަށް ދޫކުރާ ރަށްރަށުގައި ކުރެވޭނެ ކަންކަން:

  • ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން
  • ތަކެތި ގުދަންކުރުން
  • ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން
  • ދޫނި ގެންގުޅުން
  • މަސްކައްކައި ހިއްކުން
  • ލޮނުމަހުގެ މަސައްކަތް ކުރުން
  • ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން
  • އެކުއަކަލްޗަރުގެ މަސައްކަތް ކުރުން
  • ފާނަކޮށި އެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން
  • ދިރޭމަސް ގެންގުޅުން
  • އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން
  • ފައިބަރުގެ މަސައްކަތް ކުރުން
  • ވަޑާމުގެ މަސައްކަތް ކުރުން
  • ވާކްޝޮޕް ހެދުން
  • އެޅިގަލުގެ މަސައްކަތް ކުރުން
  • ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ޚިދުމަތް ދިނުން
  • ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން

މި ގަވައިދު ނުހިނގާނެ ރަށްރަށް:

  • ގާާނޫނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅު ރަށްރަށް
  • ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅު ރަށްރަށް
  • އިޤުތިޞާދީ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި
    ދޫކުރެވޭ ފަޅު ރަށްރަށް
  • ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅު ރަށްރަށް
comment ކޮމެންޓް