ދެ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް، ނައިބު ރައީސް ޔުގަންޑާއަށް

ނައިބު ރައީސް ޔުގަންޑާއަށް ފުރުއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރަސްމީ ގޮތުން ދެ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް މިރޭ ފުރައިވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ޔުގަންޑާގެ ކަމްޕާލާގައި ބާއްވާ ނޮން އެލައިންޑް މޫވްމަންޓް (ނާމް)ގެ 19ވަނަ ސަމިޓުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77)ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި މި ދެ ސަމިޓުގައި ވެސް ނައިބު ރައީސް ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

https://sun.mv/187525

ނާމްގެ ސަމިޓުގައި ބައިވެރިވެލެއްވުމަށް މިހާރު ވެސް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހުންނެވީ ޔުގަންޑާގައެވެ.

މިނިސްޓަރު މިހާރު ތަގުރީރު ކުރައްވައިފައިވާއިރު، ދެއްކެވި ވާހަކަފުޅުގައިވަނީ ނާމްއަކީ ބައިނަލްއަގްވާމީ ގޮތުން މިހާރަށްވުރެ ބާރުވެރި ޖަމިއްޔާއަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޖުމްލަ 120 މެންބަރު ގައުމު ހިމެނޭ ނާމްގެ މެންބަރު ގައުމަކަށް 1976 ވަނަ އަހަރު ރާއްޖެވީ ފަހުން ރާއްޖެއަކީ ނާމްގައި ވަރަށް ހަރަކާތްތެރި ގައުމެކެވެ.

comment ކޮމެންޓް