އިސްލާމިކް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް 'މީޑީއާ މައުރަޒު' ހުޅުވައިފި

މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް 'މީޑީއާ މަރުކަޒު' ނައިބު ރައީސް ހުޅުވައިދެއްވަނީ: އެ މައުރަޒުން މިނިސްޓްރީން މިދިޔަ އަށް މަހު ހިންގާފައި ހުރި ޕްރޮގްރާމްތަކުގެ މައުލޫމާތުތައް ލިބޭނެ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެ މިނިސްޓްރީން މިއަދު 'މީޑީއާ މައުރަޒު' ހުޅުވައިފިއެވެ.

މީޑިއާ މައުރަޒު ހުޅުވައިދެއްވީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުންނާއި މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ.

މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނިވަޑައިގަންވާ ވަރަށް ގިނަ ކަންތައްތަކެއް ފެށިފައިވާ ކަމަށާއި ގިނަ ކަންތައްތަކެއް މިހާރުވެސް ފުރިހަމަވެފައިވާ ކަމަށެވެ.

އަދ، ބައެއް މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މި މައުރަޒުން ވަރަށް ގިނަ މައުލޫމާތުތައް ބޭފުޅުންނަށް އެނގިވަޑައިގަންނާވާނެ، ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ސަރުކާރުގެ ވުޒާރާއަކުން ކުރާ މަސައްކަތްތައް އެނިވަޑައިގަތުމަކީ ވަރަށް މުހިންމު ކަމަކަށް ވާތީ އަޅުގަނޑުމެން އެބޭފުޅުންނަށް ވެސް ދައުވަތު އެރުވީ

މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު: ވިދާޅުވީ ރައީސްގެ މެނިފެސްޓިގައި ހިމެނިވަޑައިގަންނަވާ ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މައުރަޒު ބަލާލުމަށް މިއަދު ހަވީރާއި ރޭގަނޑު ވެސް މިނިސްޓްރީއަށް ޒިޔާރަތް ކުރެވޭއިރު މާދަމާ ވެސް މައުރަޒު ހުޅުވާފައި ބެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު އެ މިނިސްޓްރީން ހުޅުވި މައުރަޒުގައި ވަނީ އަހަރުގެ މިހާތަނަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރެވިފައި ހުރި މަސައްކަތްތަކުގެ ތަފާސްހިސާބުތައް ބަހައްޓާފައިވެއެވެ.

އެގޮތުން، ފާއިތުވި އަށްމަހުގެ ތެރޭގައި އަލަށް 39 ފަރާތެއް ރާއްޖޭގައި އިސްލާމްވެފައިވާއިރު، އެކި ފަރާތްތަކަށް މިސްކިތު ދަރުސްތައް ދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

'މީޑީއާ މަރުކަޒު'ގެ ތެރެއިން މިނިސްޓްރީގެ މަސައްކަތްތައް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފްއަށް ދައްކާލައްވަނީ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި އަލަށް އިސްލާމްވި މީހުންގެ މައުލޫމާތު:

  • ފިލިޕީންސް: އަށް މީހުން
  • އިންޑޮނޭޝިއާ، ރަޝިއާ، އިޓަލީ، ތައިލޭންޑު، ސްރީލަންކާ: ތިން މީހުން
  • އިންޑިއާ: ފަސް މީހުން
  • ސްޕެއިން، މެލޭޝިއާ، ޖަޕާން: އެއް މީހެއް
  • ނޭޕާލް: ހަތަރު މީހުން
  • ވިއެޓްނާމް، ޖަރުމަނު: ދެ މީހުން

މީގެއިތުރުން، މައުރަޒުގައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ކޮންމެ ހަފުތާއަކު ވެސް ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ކުރިއަށް ގެންދެއެވެ. އެގޮތުން މިއަހަރު މިހާތަނަށް އެފަދަ 98 ޕްރޮގްރާމް ޖަލުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

'މީޑީއާ މަރުކަޒު'ގެ ތެރެއިން މިނިސްޓްރީގެ މަސައްކަތްތައް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފްއަށް ދައްކާލައްވަނީ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އަތޮޅުތެރޭގެ މިސްކިތްތަކުގައި ވެސް މިހާތަނަށް 70 ދަރުސް ބާއްވާފައިވާއިރު، ބަންގްލަދޭޝް ރައްޔިތުންނަށް ޚާއްސަކޮށް މާލެ ސަރަހައްދުގައި ދަރުސްތައް ބާއްވައެވެ. އެއާއެކު، އެ މިނިސްޓްރީން ވަނީ އިނގިރޭސި ބަހުންނާއި ބަންގްލަދޭޝް ބަހުން ޚުތުބާ އާންމު ކުރަން ފަށާފައެވެ.

comment ކޮމެންޓް