ރާއްޖެއިން އިންޑިއާއަށް ދިޔަ އިންޑިއާ އަންހެނަކަށް ކޮވިޑުގެ އާ ވޭރިއަންޓް ޖެހިއްޖެ

ކެރަލާގައި ކޮރޯނާވައިރަހަށް ޓެސްޓު ކުރަނީ -- ފޮޓޯ: ގެޓީ

ރާއްޖޭގައި އުޅުމަށްފަހު، އިންޑިއާއަށް ދިޔަ އެ ގައުމުގެ ރައްޔިތަކު ކޮވިޑް19ގެ އާ ވޭރިއަންޓަށް ޕޮޒިޓިވްވެއްޖެއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ 'ދަ ނިއު އިންޑިއަން އެކްސްޕްރެސް'ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބަލި ޖެހުނީ އެ ގައުމުގެ 33 އަހަރުގެ އަންހެނަކަށެވެ.

އޭނާއަށް ބަލި ޖެހުނީ މިދިޔަ މަހުގެ 13ވަނަ ދުވަހުކަމަށާއި، މިހާރު ބަލިން ރަނގަޅުވެފައިވާކަމަށް ވެސް އޮފިޝަލަކާ ހަވާލާދީ ނޫހުގައި ލިޔެފައިވެއެވެ.

އޭނާ އާ ވޭރިއަންޓަށް ޕޮޒިޓިވްވިކަން އެނގުނީ އޭނާގެ ސާމްޕަލެއް ހޯލް ޖިނޯމް ސީކުއެންސިންއަށް ފޮނުވުމުން މިދިޔަ ބުރާސްފަތި ދުވަހެވެ. އޭނާ ޕޮޒިޓިވްވީ އާ ވޭރިއަންޓެއް ކަމަށްވާ JN.1 އަށެވެ.

https://sun.mv/186479

ކޮވިޑު-19ގެ އާ ވޭރިއަންޓެއް ކަމަށްވާ JN.1 ދުނިޔޭގެ ވަރަށް ގިން ގައުމުތަކަކުން ފެނި، މި ބަލި ފެތުރުމުގެ ފުރުސަތު ރާއްޖޭގައި އޮތުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދިޔަ މަހުވަނީ ސަމާލުވާން އަންގައިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި މިހާރު 45 ގައުމެއްގައި އއާ ވޭރިއަންޓް ވަނީ ފެތުރިފައެވެ.

comment ކޮމެންޓް