ރައީސްގެ އަމާޒަކީ ރާއްޖޭގެ ޖީޑީޕީ 12 ބިލިއަން ޑޮލަރަށް ހެދުން: މިނިސްޓަރު

ރައީސް ޑރ. މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަމާޒަކީ 12 ބިލިއަން ޑޮލަރުގެ ޖީޑީޕީއަކަށް ރާއްޖޭގެ އިގްތިޞާދު ކުރިއެރުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހުކުރުމަށް މިރޭ އޮތް ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

އެއާޕޯޓު ތަރައްގީކުރުމުގެ އާ، ބިޔަ މަޝްރޫއަކީ ކާގޯ އިތުރުކޮށް، ތެލުގެ އަގު ރާއްޖޭގައި ހެޔޮކޮށް، ރާއްޖެ އެތެރެވާ ފަތުރުވެރިން އިތުރުވުމަށް މަގުފަހިވާނެ މަޝްރޫއަކަށްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި މިއީ ޖީޑީޕީ އިތުރުކުރުމަށް މިހާރު ހިންގަންޖެހޭ މަޝްރޫއެއްކަމަށް ވެސް ވިދާޅުވިއެވެ.

"އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީ 12 ބިލިއަން އެމެރިކާ ޑޮލަރުގެ އެމެރިކާ ޑޮލަރުގެ ޖީޑީޕީއެއް އުފައްދަން. ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްގެ ޖީޑީޕީއެއް އުފައްދަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ގޮތުން މިހާރު ރާއްޖޭގެ ޖީޑީޕީއަކީ ހަ ބިލިއަން އެމެރިކާ ޑޮލަރުކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެ އަމާޒަށް ވާސިލްވުމަށް ޓަކައި އަހަރަކު ހަަތަރު މިލިއަނާއި ފަސް މިލިއަނާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން ގެންނަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ހިސާބުތަކުން ބުނެދެނީ 12 ބިލިއަނަށް ޖީޑީޕީ ޖެއްސުމަށް ޓަކައި ގާތްގަނޑަކަށް ހަތަރު މިލިއަން ނުވަތަ ފަސް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނެވެން ޖެހެޔޭ. އެ ހާލަތު ބަދަލުކޮށްގެން ނޫނީ އަަހަރުން އަހަރަށް އަޅުގަނޑުމެން މި އުފައްދާ ޑެފެސިޓް، ދައުލަތުން އުފައްދާ ދަރަނި ދާނީ ހަމަ މައްޗަށް،" މިނިސްޓަރު ވިދާޅުވިއެވެެ.

https://sun.mv/186956

މިނިސްޓަރު ވިދާޅުވީ ދިވެހި ޖީޑީޕީއާއި ފަތުރުވެރިން ރާއްޖެ އަންނަ މިންވަރާ އޮތް ގުޅުން ވަރަށް ބޮޑަށް ފާއިތުވި އަހަރުތަކުގައި ހާމަވެފައިވާކަމަށެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއަކީ 20 އަހަރު ދުވަހަށް ބަހައިލައިގެން ހިންގާ މަޝްރޫއެކެެވެ.

comment ކޮމެންޓް