ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ނުދެއްކިގެން އެރި ޖޫރިމަނާތައް މާފުކޮށްދީފި

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި ސޯޝަލް ހައުސިން ފްލެޓްތައް --- ފޮޓޯ: ހައުސިން މިނިސްޓްރީ

ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ނުދެއްކިގެން މިއަދުގެ ނިޔަލަށް، އަރައިފައިހުރި ހުރިހާ ޖޫރިމަނާތަކެއް އާބަންކޯއިން މިއަދު މާފުކޮށްދީފިއެވެ.

އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހަފުތާ 14 މަގުޗާޓުގެ ތެރެއިން ކުރަން ނިންމަވައިފައިވާ ކަމެއް ކަމަށެވެ.

އެއާއެކު ޖޫރިމަނާތައް މައާފްކުރުމަށްފަހު، ނުދެއްކި ހުރި ބާކީ ކުލި، ބަހައިލައިގެން ދެއްކޭނެ ގޮތެެއް ވެސް ހަމަޖެހިފައިވާކަމަށް އާބަންކޯއިން ބުންޏެވެ.

"އަދި 'އެއްބަސްވުމަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި' އިސްލާމީ އުސޫލުތަކާއި، އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ،" އާބަންކޯގެ ބަޔާނުގައިވެއެވެ.

އަދި ކުލީގެ ފައިސާ ނުދެއްކި ލަސްވާނަމަ، ނަގާ ޖޫރިމަނާއަކީ ކޮންމެ މަހަކު ދައްކަން ޖެހޭ ކުލީގެ އެއް ޕަސެންޓްކަމުގައި ވެސް ވަނީ ކަނޑައަޅައިފައެވެ.

https://sun.mv/185692

އެއާއެކު ދުވަހުން ދުވަހަށް ޖޫރިމަނާ އިތުރުނުވެ، ޖޫރިމަނާ ނަގާ އަދަދު ދުރާލައި، ދެ ފަރާތަށް ވެސް އެނގޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

އެއާއެކު ނުދެއްކި ހުރި ފައިސާ ބަހައިލައިގެން ދައްކަން ބޭނުންވާ ފަރާތްތަކަށް ޖެނުއަރީ 10ވަނަ ދުވަހުގެ ކުރިން އެ ކަމަށް ބޭނުންވާ ފޯމު ފުރައި، އެ ކަމަށް އެދުމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

އެއާއެކު އާންމު ގިނަ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އައީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ފްލެޓްތަކުގެ ކުލި ދެއްކުމުގައި ފަސޭހަ ލުއިތަކެއް ސަރުކާރުން ހަމަޖައްސާނެތޯ ސުވާލު އުފައްދަމުންނެވެ.

އެގޮތުން ކޮވިޑުގެ ތެރޭގައި ކުލި ނުދެއްކި ބޮޑެތި އަދަދުުތަކުން ފުނިޖެހިފައި ހުރުމާއި، އެއާއެކު އިތުރަށް އަރައިފައިވާ ޖޫރިމަނާގެ ސަބަބުން އެ ފްލެޓުތަކުގެ ގިނަ ބަޔަކަށް ވަނީ މާލީ ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިވެފައެވެ.

comment ކޮމެންޓް