ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްވެރިންނަށް ވެސް ކުލި ދެއްކުމުގައި ލުއިތަކެއް

ރައީސް ޑރ. މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓުތަކުގެ ކުއްޔާއި އަދި އެހެން ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ދެއްކުމުގައި ވެސް ދަތިވާ ރައްޔިތުންނަށް، ކުލި ދެއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަން ސަރުކާރުން ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި ފަދައިން ވިދާޅުވީ މިއަދު އޮތް ކެބިނެޓް ބައްދަލުވުމުގައި ކެބިނެޓުން ނިންމެވި މުހިންމު ނިންމެވުންތައް ހާމަކުރައްވަަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް މިއަދުވަނީ ހިޔާ ފްލެޓުތަކާއި، ވިނަރެސް ފްލެޓްތަކުގެ ވެރިންނަށް ކުލި ދެއްކުމުގައި ބޮޑެތި ލުއިތަކެއް ހަމަޖައްސަވައިދެއްވައިފައިވާކަން އިއުލާންކުރައްވައިފައެވެ.

އެއާއެކު އާންމު ގިނަ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އައީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ފްލެޓްތަކުގެ ކުލި ދެއްކުމުގައި ފަސޭހަ ލުއިތަކެއް ސަރުކާރުން ހަމަޖައްސާނެތޯ ސުވާލު އުފައްދަމުންނެވެ.

އެގޮތުން ކޮވިޑުގެ ތެރޭގައި ކުލި ނުދެއްކި ބޮޑެތި އަދަދުުތަކުން ފުނިޖެހިފައި ހުރުމާއި، އެއާއެކު އިތުރަށް އަރައިފައިވާ ޖޫރިމަނާގެ ސަބަބުން އެ ފްލެޓުތަކުގެ ގިނަ ބަޔަކަށް ވަނީ މާލީ ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިވެފައެވެ.

އެ ކަންކަމަށް ހައްލެއްގެ ގޮތުގައި މިއަދު ރައީސް ވިދާޅުވީ އެ ފްލެޓުތަކުގެ ކުލި ނުދެއްކިގެން އަރައިފައިހުރި ޖޫރިމަނާ ފައިސާ މާފުކޮށްދެއްވާނެކަމަށެވެ.

"އަޅުގަނޑު ވައުދުވެފައި އޮންނާނެ ސޯޝަލް ހައުސިންގެ އެއްވެސް ޔުނިޓެއް ލިބިލައްވައިފައިވާ ފަރާތަކަށް ކުލި ނުދެއްކިގެން ޖޫރިމަނާ އަރައިފައިވާނަމަ އެ ހުރިހާ މާފުކޮށްދޭނެކަމަށް. އެ ކަން ތަންފީޒުކުރާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ވައުދުފުޅަކީ ރާއްޖޭގެ އެއްވެސް ރަށެއްގައި ހުރި ސޯޝަލް ހައުސިންއަކަށް ކުލި ނުދެއްކިގެން އަރައިފައިވާ ޖޫރިމަނާއެއްނަމަ އެ ޖޫރިމަނާއެއް މާފުކޮށްދެއްވުމުގެ ވައުދުފުޅެއްކަމަށް ކަމަށެވެ.

ހަމައެއާއެެކު ޖޫރިމަނާ އުނިކުރުމުން ދެން ދައްކަން އޮންނަ ބާކީ އަދަދު ދެއްކުމުގައި ވެސް ލުއި އިންތިޒާމެއް، ފްލެޓް އެގްރީމަންޓަށް ބަދަލު ގެނެސްގެން ހޯދުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މަހުން މަހަށް އެ ފައިސާ ބަަހާނެ ވަކި ގޮތެއް ކަނޑައަޅައި ސަރުކާރާއި ވެރިފަރާތުން އެއްބަސްވެގެން އެ ކަމުގައ

"ދެން ހުރި ބާކީ އަދަދުތައް އެގްރީމަންޓު ހެދިފައި އޮތް ބޭފުޅަކާ މަޝްވަރާކޮށްގެން މަހުން މަހަށް ބަހައިލައިގެން ދެއްކޭނެ ލުއި ނިޒާމެއް ގާއިމްކޮށްދެއްވާނަން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް