ފާރެއް ވެއްޓި، ދަތުރުގޮސް އުޅުނު ދެ މީހަކަށް އަނިޔާވެއްޖެ

ފާރެއް ވެއްޓި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ -- ފޮޓޯ/ އެމްއެންޑީއެފް

ފާރެއް ވެއްޓި، މިއަދު ޅ. ދިއްފުށިމާދޫއަށް ދަތުރު ގޮސް އުޅުނު ދެ މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި އަނިޔާވީ ދަތުރު ގޮސް އުޅުނު 57 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަދި، މިހާރު އިތުރު ފަރުވާއަށް އެ މީހުން ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާ އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައިވަނީ، މިއަދު ފަތިހު 5:19 ހާއިރު ކަމަށެވެ. ރިޕޯޓު ލިބުމާ އެކު އެމްއެންޑީއެފުން އެކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ދެ މީހުންނަށް ވެސް ޅ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ދެ މީހުންނަށް ލިބުނު އަނިޔާތަކާ ގުޅޭ އިތުރ ތަފުސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް