އެމްއައިބީ 'އުޖާލާ ނައު'އާއެކު ޑިޖިޓަލްކޮށް ވެސް ޚިދުމަތް ހޯދޭނެ

އުޖާލާނައު ޕޯޓަލްގެ ފޮޓޯއެއް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން މިއަދު 'އުޖާލާ ނައު' ޕޯޓަލް ލޯންޗު ކޮށްފިއެވެ.

އެމްއައިބީއިން ބުނީ މި ޕޯޓަލް ލޯންޗު ކޮށްފައިވަނީ، އެ ބޭންކުގެ ހިދުމަތް ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަކޮށް، އަވަހަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

އެއާއެކު މިއީ އުޖާލާ ފައިނޭންސިން ފެސިލިޓީގެ ޚިދުމަތް ބޭންކުގެ ބްރާންޗަށް މީހާ ނުގޮސް ޑިޖިޓަލްކޮށް ޚިދުމަތް ހޯދޭނެ ޕްލެޓްފޯމެއް ކަމަށް ބޭންކުން ބުންޏެވެ.

https://ujaalaa.mib.com.mv

އެގޮތުން އުޖާލާ ފައިނޭންސިންގެ ދެ ފެސިލިޓީއެއްކަމަށްވާ އުޖާލާ ދިރިއުޅުމާއި، އުޖާލާ ކޭޝްގެ ޚިދުމަތް އެ ޕޯޓަލުން މި ވަގުތު ވެސް ފަސޭހަކަމާއެކު ލިބޭނެކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.

ހަމައެއާއެކު އެމްއައިބީއިން އެޕްރޫވްކޮށްފައިވާ ފިހާރަތަކުން ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ކުރިއަށްގެންދެވޭނެ ކަމަށާއި އަދި ހުށަހަޅައިފައިވާ އެޕްލިކޭޝަންތަކުގެ މައުލޫމާތު ވަގުތުން ލިބޭނެކަމަށް ވެސް އިސްލާމިކް ބޭންކުން ބުންޏެވެ.

އެމްއައިބީ އުޖާލާ ފައިނޭންސިން ފެސިލިޓީއަކީ އަބަދުވެސް ދިވެހިންގެ މެދުގައި މަގްބޫލު ފައިނޭންސިން ފެސިލިޓީއެކެވެ.

އެ ބޭންކުން ވަނީ ދާދި ފަހުން އުޖާލާ ފެސިލިޓީ މެދުވެރިކޮށް 700،000 ރުފިޔާއާއި ހަމައަށް ލިމިޓް ނެގޭ ގޮތަށް އަދި ފަސް އަހަރުން އަނބުރާ ފައިސާ ދައްކާ ގޮތަށް ބަދަލު ގެނެސްފައެވެ. އަދި، ގެރެންޓާއެއް ވެސް މިހާރު ބޭނުން ނުވާނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

އެއާއެކު ކުރިއަށް އޮތްތަނުގައި ވެސް އުޖާލާ ފައިނޭންސް ގެ ދަށުން އިތުރު ޕޮރްޑަކްޑްތަށް ލޯންޗު ކުރެވިގެން ދާނެ ކަމަށް އެމްއައިބީން ބުންޏެވެ.

comment ކޮމެންޓް