މަންމައަށް ހަމަލާ ދިން މީހާއަށް ނަފްސާނީ ފަރުވާދެނީ

އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފްލެޓެއްގައި ތޫނު އެއްޗަކުން މަންމައަށް ހަމަލާދިން މީހާއަށް ނަފުސާނީ ފަރުވާ ދޭން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އޭނާއަށް ފަރުވާ ދެނީ އައިޖީއެމްއެޗްގައި ކަމަށެވެ.

މި ހަމަލާއާ ގުޅިގެން މީގެ ކުރިން ފުލުހުން ބުނީ، 51 އަހަރުގެ މަންމައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލީ، 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި ހަމަލާދިން ފިރިހެން މީހާއަކީ ނަފްސާނީ ބަލި މީހެއް ކަމަށާއި އޭނާ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމުގެ މަސައްކަތް ކުރާ ކަމަށް ރޭ ފުލުހުން ބުންޏެވެ.

https://sun.mv/186272

ޒަޚަމްވި އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދޭއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ރޭ ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ފިރިހެން މީހާ އޭނާގެ މަންމައަށް ހަމަލާދީފައި ވަނީ، އާއިލީ މައްސަލައެއްގައެވެ.

އާއިލާގެ މެދުގައި ހިނގާ އަރައިރުންތަކުގައި މީގެ ކުރިން ވެސް ހަމަލާދީ، ބައެއް ފަހަރު ސީރިއަސް އަނިޔާ ކުރުމުގެ މައްސަލަތައް ފުލުހުން ބަލާފައި އެބަހުއްޓެވެ.

comment ކޮމެންޓް