މަންމައަށް ހަމަލާދިނީ ނަފުސާނީ ގޮތުން ބަލި މީހެއް

ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިރޭ އެނާގެ މަންމައަށް ހަމަލަދީ ޒަޚަމްކޮށްލި ފިރިހެން މިހާއަކީ ނަފުސާނީ ގޮތުން ބަލި މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ނަފުސާނީ ޑޮކްޓަރަކަށް ދެއްކުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

މީގެ ކުރިން ފުލުހުން ބުނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލެޓެއްގަައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާ ދީފައިވާ މައްސަލައެއް ރިޕޯޓުކޮށްފައި ވަނީ 18:50ހާއިރު ކަމަށެވެ.

އެ އަންހެން މީހާއަކީ 51 އަހަރުގެ އަންހެނެއް ކަމަށާއި އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފިރިހެން މީހާގެ އޭނާގެ މަންމައަށް ހަމަލާ ދިނީ އާއިލީ މައްސަލައެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އާއިލާގެ މެދުގައި ހިނގާ އަރައިރުންތަކުގައި މީގެ ކުރިން ވެސް ހަމަލާދީ، ބައެއް ފަހަރު ސީރިއަސް އަނިޔާ ކުރުމުގެ މައްސަލަތައް ފުލުހުން ބަލާފައި އެބަހުއްޓެވެ.

comment ކޮމެންޓް