ސިފައިންގެ ދެ މޭޖާ ޖެނެރަލަކު ރިޓަޔާކުރައްވައިފި

ރިޓަޔާކުރެއްވި ޖެނަރަލް ހާމިދާއި ޖެނަރަލް ވައިސް ވަހީދު ----

އެމްއެންޑީއެފަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ދެ މޭޖާ ޖެނަރަލުން ސިފައިންގެ ޚިދުމަތުން ރިޓަޔާކުރައްވައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ރިޓަޔާ ކުރެއްވީ މޭޖާ ޖެނެރަލް ވައިސް ވަހީދާއި މޭޖާ ޖެނެރަލް ހާމިދު ޝަފީގު ކަމަށެވެ.

މޭޖާ ޖެނަރަލް ވައިސް ވަހީދު ރިޓަޔާކުރެއްވިއިރު ހުންނެވީ އެމްއެންޑީއެފްގެ މެރިން ކޯ އަދި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައެވެ.

މޭޖާ ވައިސް ވަހީދު ރިޓަޔާކުރެއްވިއިރު އޭނާ ވަނީ އެމްއެންޑީއެފަށް 34 އަހަރު ޚިދުމަތްކޮށްދެއްވާފައެވެ. އޭނާ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ ޖޫން 19، 1989ގައެވެ.

މޭޖާ ޖެނަރަލް ހާމިދު ޝަފީގު 33 އަހަރު ޚިދުމަތްކޮށްފައިވާއިރު އޭނާ ޚިދުމަތާ ގުޅިވަޑައިގަތީ މާޗު 11، 1990ގައެވެ.

ރިޓަޔާކުރެއްވިއިރު ހާމިދު ހުންނެވީ އެމްއެންޑީއެފްގެ ސާވިސް ކޯގެ ކޮމާންޑެންޓްގެ ގޮތުގައެވެ.

މޭޖާ ޖެނެރަލް ރޭންކަކީ ސިފައިންގެ ރޭންކުތަކުގެ ތެރެއިން ތިން ވަނައަށް އެންމެ މަތީ ރޭންކެވެ.

comment ކޮމެންޓް