ހަމައެކަނި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ކިޔަން އަނެއްކާވެސް އަންގައިފި

އޭޕްރީލް 16، 2021: ރޯދަމަހާއި އަޅުކަން: ނަމާދަށް ފަހު، ގިނަ އަދަދެއްގެ މީހުން، މިސްކިތްތަކުގައި ޤްރުއާން ކިޔަވަން މަޑުކުރޭ -- ސަން ފައިލް ފޮޓޯ

އަޑުހަރުކޮށް ކިޔަވާ (ޖަހުރިއްޔާ) ނަމާދުތަކުގައި އެކަނި ގުނޫތު ނާޒިލާ ކިޔާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

ފަލަސްތީނަށް ނަސްރު ދެއްވުން އެދި ނަމާދުތަކުގައި ގުނޫތު ކިޔުމަށް އެންމެ ފުރަތަމަ އެންގީ މިދިޔަ މަހުގެ 11ވަނަ ދުވަހުއެވެ. އެއިރު އެންގީ ހަމައެކަނި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ނާޒިލާ ކިޔުމަށެވެ.

އެއަށްފަހު ހަމަ އެ މަހުގެ 18 ވަނަ ދުވަހު ވަނީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކޮންމެ ނަމާދަކަށް ފަހު ގުނޫތު ކިޔުމަށް އަންގައިފައެވެ.

https://sun.mv/183342

ނަމަވެސް މިދިޔަ އާދިއްތަ ދުވަހު އަނެއްކާ ވެސް އެ މިނިސްޓްރީން ވަނީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި އެކަނި ގުނޫތު ކިޔުމަށް އަންގައިފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހަތް ދުވަހަށް މެދުކަނޑާލާފައި އޮތް މުއްދަތު ހަމަވުމާ އެކު އަނެއްކާ ވެސް މިދިޔަ ހުކުރު ދުވަހު އިސްރާއީލުން ވަނީ ޣައްޒާއަށް ހަމަލާތައް ދޭން ފަށައިފައެވެ.

މި ހަމަލާތަކުގައި މިހާތަނަށް ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 15,899އަށް އަރައިފައިއެވެ. އޭގެ ތެރެއިން 70 އިންސައްތަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގައި ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 42,000 އަށް އަރާފައެވެ.

comment ކޮމެންޓް