ދުބާއީ ޑިއުޓީ ފްރީގެ ޕްރޮމޯޝަނަކުން ދިވެއްސަކަށް އެއް މިލިއަން ޑޮލަރު

ދުބާއީ ޑިއުޓީ ފްރީން ގުރު ނެގުން --

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ (ޑީޑީއެފް)އިން ބާއްވާ 'މިލެނިއަމް މިލިއަނާ' ޕްރޮމޯޝަނުން އެއް މިލިއަން ޑޮލަރު ލިބޭނެ މީހާގެ ގޮތުގައި ދިވެއްސަކު ގުރުއަތުން ހޮވިއްޖެއެވެ.

ދުބާއީގެ ގަލްފް ނިއުސްގައިވާ ގޮތުން އެ ގުރުއަތުން ހޮވިފައި ވަނީ އަހުމަދު ނާސިރު ކިޔާ ދިވެއްސެކެވެ. އޭނާގެ ޓިކެޓް ނަމްބަރަކީ 1174 ކަމަށާއި އޭނާ ޓިކެޓް ގަނެފައި ވަނީ މިދިޔަ މަހުގެ 16ގައި ކަމަށް އެ ނޫހުގައިވެއެވެ.

ގަލްފް ނިއުސްގައިވާ ގޮތުން އެއީ 1999ގައި އެ ޕްރޮމޯޝަން ފެށި ފަހުން ދިވެއްސަކު އެއް މިލިއަން ޑޮލަރު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް އޭނާއަށް މިހާތަނަށް ނުގުޅޭތީވެ، އޭނާއަށް އެ މައުލޫމާތު ހިއްސާކުރެވިފައި ނުވާ ކަމަށް އެ ނޫހުގައިވެއެވެ.

ދުބާއީ ދިވެހިން ޗުއްޓީއަށް އާންމުކޮށް ގޮސް އުޅޭ މަންޒިލެކެވެ.

comment ކޮމެންޓް