ދުބާއީގައި 20 އަހަރު ޚިދުމަތްކޮށްފައިވާ އިމާމުންނަށް ޚާއްސަ ވިސާއެއް

2022 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު ޔޫއޭއީގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވިކަން އިއުލާން ކުރުމުން ޖުމެއިރާ މިސްކިތުގައި ޣައިބަށް ކުރި ކަށުނަމާދު. ފޮޓޯ/އިންގްލިޝް އަރަބިޔާ

ދުބާއީގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ އިމާމުންނާއި ދަރުސްވެރިންނާއި، މުފްތީން އަދި ދީން އިލްމުވެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ވިސާއެއް ކަމަށްވާ، ގޯލްޑަން ވިސާ އެއް ދިނުމަށް ދުބާއީގެ ވަލީއަހުދު އަދި އެގްޒެކެޓިވް ކައުންސިލްގެ ޗެއާމަން ޝެއިޚް ހަމްދާން ބިން މުހައްމަދު ބިން ރަޝީދު އަލް މަކްތޫމްގެ ނިންމަވައިފިއެވެ.

ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ދޭ ގޯލްޑަން ވިސާއަކީ ބިދޭސީންނަށް ދުބާއީގައި ދިރިއުޅެވޭނެ، މަސައްކަތް ކުރުމާއި، ކިޔެވުމުގެ ފުރުސަތު ލިބޭ ދިގު މުއްދަތަކަށް ދޭ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ރަށްވެހިކަމުގެ ހުއްދައެކެވެ.

މި ވިސާ ކެޓަގަރީގެ ދަށުން އަނބިމީހާއާއި ދަރިން ހިމެނޭ ގޮތަށް އާއިލާގެ މެމްބަރުން ސްޕޮންސާ ކުރުމާއި، ޔޫއޭއީން ބޭނުންވާ ޚިދުމަތެއް ލިބުމުގެ ހުއްދައާއި، އާންމުކޮށް ކަނޑައަޅާފައިވާ ހަ މަހަށްވުރެ ގިނަ ދުވަހު ޔޫއޭއީން ބޭރުގައި މަޑުކުރުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ.

މިދިޔަ މަހު ޝެއިޚް ހަމްދާން ވަނީ ދުބާއީގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓުގެ ދަށުން ހިންގާ މިސްކިތްތަކުގައި ޚިދުމަތްދޭ ހުރިހާ އިމާމުންގެ މުސާރަ ބޮޑުކުރުމަށްވެސް ނިންމަވައިފައެވެ.

comment ކޮމެންޓް