ދުބާއީގެ އެމިރޭޓްސް ގްރޫޕަށް 5.1 ބިލިއަން ޑޮލަރުގެ ފައިދާ، ރިކޯޑު އަދަދެއް

ދުބާއީގެ އެމިރޭޓްސް ވަނީ ގްރޫޕަށް މި އަަހަރު ރިކޯޑު އަދަދެއްގެ ފައިދާ ލިބިފައި -- ފޮޓޯ/އިންގްލިޝް އަރަބިއާ

ދުބާއީގެ އެމިރޭޓްސް ގްރޫޕަށް ރިކޯޑު އަދަދެއް ކަމަށްވާ 5.1 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިއްޖެއެވެ.

މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު 71 އިންސައްތައިގެ ކުރިއެރުމެކެވެ.

"އެމިރޭޓްސް ގްރޫޕުން އަނެއްކާ ވެސް އާ ރިކޯޑް ޕާފޯމަންސެއް ދައްކައިފި،" އެ ގްރޫޕްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް ޝެއިހް އަހުމަދު ބިން ސައީދު އަލް މަޚްތޫމް ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ލޯންގް ހޯލް ކެރިއާ ހިންގާ އެމިރޭޓްސް ގްރޫޕުން މިދިޔަ އަހަރު ވެސް ވަނީ ރިކޯޑް އަދަދެއް ކަމަށްވާ، 3 ބިލިއަން ޑޮލަރުގެ ފައިދާއެއް އިއުލާންކޮށްފައެވެ.

މިދިޔަ އަހަރުގެ ފައިދާ ލިބިފައިވަނީ ކޮވިޑް-19 އަށް ފަހު 2021-2022 ވަނަ އަހަރުގެ މާލީ އަހަރު 1.1 ބިލިއަން ޑޮލަރުގެ ގެއްލުމަކާއި ކޮވިޑް-19 ގެ ސަބަބުން 2020-2021 ގެ މާލީ އަހަރު 5.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައެވެ.

މިދިޔަ 2023-24 ގެ މާލީ އަހަރު އެ އެމިރޭޓްސްގެ އެއާލައިނުން ވަނީ 51.9 މިލިއަން މީހުން ދަތުރުކުރިއެވެ. އެއީ، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 19 އިންސައްތައިގެ ކުރިއެރުމެކެވެ.

އެ ކުންފުނީގައި މިހާރު ވެސް 300 އަށްވުރެ ގިނަ ޕެސެންޖާ ޖެޓު އެބަހުއްޓެވެ.

ދުބާއީގެ ލީޑާޝިޕުން މި ފަހުން ވެސް ވަނީ އެމިރޭޓްސްގެ އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރަން މަލްޓި މިލިއަން ޑޮލަރުގެ މަޝްރޫއަކަށް ހުއްދަ ދީފައެވެ. އެ މަޝްރޫއާ އެކު އަލް މަކްތޫމް އެއާޕޯޓަކީ ދުބައީގެ މައި އިންޓަނޭޝަނަލް އެއާޕޯޓަށް ވުރެ ފަސް ގުނަ ބޮޑު އެއާޕޯޓަކަށް ވާނެއެވެ.

comment ކޮމެންޓް