ނިޒާމީ ވޯޓާ ގުޅޭގޮތުން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ނިޒާމީ ވޯޓެއް ނެގުމަށް ހުށަހެޅި އިސްލާހު މިއަދު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އެ އިސްލާހަކީ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު, އެކަމާ ގުޅުން ހުރި ގާނޫނީ އިސްލާހެއް ގެންނަ ނަމަ އިތުރަށް ރައްޔިތުންގެ ހިޔާލު ހޯދަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި އިސްލާހެކެވެ.

އެ އިސްލާހު ހުށަހަޅާފައި ވަނީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު، އޮކްޓޯބަރު މަސްތެރޭގައެވެ.

އެ އިސްލާހު ފާސްކުރުމަށް މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހައިފައެވެ. އެމްޑީޕީގެ ފުރިހަމަ އަގުލަބިއްޔަތާއެކު މަޖިލީހުން އެ ބިލު ބޭރުކޮށްލީ 44 ވޯޓާ އެކުއެވެ. އެ ވޯޓުގައި 59 މެންބަރުން ބައިވެރިވި އިރު، އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އިމްތިޔާޒް ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ.

https://sun.mv/182668

އޭގައި ވަނީ، "މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވިޔަސް، ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއްގައި، މި ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ)ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރެއިން، ރައްޔިތުންނާ ގުޅޭ މުހިންމު ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާފައިވާ ކަމެއް ހިމެނޭ ނަމަ، ނުވަތަ އެ ކަމަކާ ގުޅިގެން އިތުރު އިސްލާހެއް ގެނެސްފައިވާ ނަމަ، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމެއް ނޯންނާނެއެވެ،" މިގޮތަށެވެ.

ނިޒާމީ ވޯޓަކަށް ދިޔުމަށް އޭރު އެންމެ ބޮޑަށް ވަކާލާތުކުރަމުން ދިޔައީ އޭރު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ނަޝީދެވެ.

comment ކޮމެންޓް