އައިއޯއެސް 17ގެ ސެކިއުރިޓީގެ މައްސަލަތައް ހައްލުކުރަން އެޕަލްއިން އަޕްޑޭޓެއް ނެރެފި

އެޕަލް އައިއޯއެސް 17

އައިއޯއެސް 17.1.1 ސެކިއުރިޓީގެ ދެ މައްސަލައެއް ޕެޗްކުރުމަށް އެޕަލް އިން އަޕްޑޭޓެއް ނެރެފިއެވެ.

އައިފޯންގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމްގެ 17.1.2 މި އާ ވާޝަން ޑައުންލޯޑް ކުރުމަށް އެޕަލް އިން އަންނަނީ ފޯނު ބޭނުންކުރާ މީހުންނަށް އިލްތިމާސް ކުރަމުންނެވެ. އެންމެފަހުން، ނެރުނު އަޕްޑޭޓްގައި އާ ފީޗާއެއް ނުހިމެނޭނެއެވެ.

އެޕަލްގެ ވެބްސައިޓްގައި ބުނެފައި ވަނީ މި އަޕްޑޭޓްގެ ސަބަބުން މުހިންމު ސެކިއުރިޓީ ފިކްސްތަކެއް އަންނާނެ ކަމަށެވެ.

އެގޮތުން ސަފާރީ އަށް ވަނުމަށް އެޕަލްގެ އިންޓަނެޓް ބްރައުޒާ އިންޖީނު ވެބްކިޓާ ގުޅުމަށް ހުރި މައްސަލަތައް ވެސް ހައްލުކޮށްދޭނެއެވެ. އަދި "އަ މެމޮރީ ކޮރަޕްޝަން ވަލްނަރަބިލިޓީ" އާ ގުޅުން ހުރި މައްސަލައަަށް ވެސް ހައްލެއް ވަނީ ހިމަނައިފައެވެ.

އާ އޮޕަރޭޓިން ސިސްޓަމް، އައިއޯއެސް 17 އެންމެ ފުރަތަމަ މިދިޔަ ނޮވެމްބަރު މަހު ނެރުނު އިރު، ލައިވް ވޮއިސްމެއިލާއި ނޭމްޑްރޮޕް ފަދަ އާ ފީޗާތައް ހިމަނައިފައިވެއެވެ.

comment ކޮމެންޓް