އައިއޯއެސް 18ގެ ބީޓާ ވާޝަން ތަޢާރަފުކޮށްފި

އައިއޯއެސް 18 ވަރަށް ތަފާތު --

އެޕަލްއިން ވަނީ އައިއޯއެސް 18 ގެ ޑިވެލޮޕަރ ބީޓާ 6 އަދި ޕަބްލިކް ބީޓާ 4 ތަޢާރަފުކޮށްފިއެވެ.

މި އަޕްޑޭޓްތަކުގައި ކުރިން ހާމަނުކުރެވި ހުރި ބައެއް ބަދަލުތައް ހިމެނިފައިވާކަމަށް އެޕަލްއިން މަޢުލޫމާތު ދީފައިވެއެވެ.

އައު އަޕްޑޭޓްގައި ހިމެނޭ ބަދަލުތަކުގެ ތެރޭގައި އެޕަލް މިއުޒިކްގެ ޔޫޒާ އިންޓަފޭސްއަށް ގެނެވުނު ބަދަލުތަކާއި، ބްލޫޓޫތު އޮން،އޮފް ކުރުމަށް ކޮންޓްރޯލް ސެންޓަރުގައި ވަކި ބަޓަނެއް އިތުރުކުރެވިފައިވުން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، އެޕަލް މިއުޒިކްގެ "ބްރައުޒް" ޓެބްގެ ނަން "ނިއު" އަށް ބަދަލުކުރެވިފައިވެއެވެ.

އަޕްޑޭޓްގައި ހިމެނޭ އިތުރު ބަދަލުތަކުގެ ތެރޭގައި ޑާކް މޯޑް އެނޭބަލް ކުރުމުން ނޯޓިފިކޭޝަންތަކުގައި ފެންނަ އެޕް އައިކަންތައް ޑާކް ތީމާ އެއްގޮތަށް ބަދަލުވުމާއި، ހޯމް އަދި ލޮކް ސްކްރީންގެ ކޮންމެ ކޮމްބިނޭޝަނަކަށް ވަކި އެޕް ޓިންޓެއް ކަނޑައެޅުމުގެ ފުރުސަތު ލިބިގެންދިޔުން ހިމެނެއެވެ.

މީގެ އިތުރުން އައިޕެޑް އޯއެސް 18، ވޮޗްއޯއެސް 11، ވިޝަންއޯއެސް 2، ޓީވީއޯއެސް 18 އަދި މެކްއޯއެސް ސެކުއޯއާގެ ހަވަނަ ޑިވެލޮޕަރު ބީޓާ އަޕްޑޭޓްތައް ވެސް އެޕަލްއިން ވަނީ ރޯލްއައުޓް ކޮށްފައެވެ.

މި އަޕްޑޭޓްތަކާ އެކު އައި.އޯ.އެސް 18.1 ޑިވެލޮޕަރ ބީޓާ ދެ އަޕްޑޭޓް ވެސް ވަނީ ތަޢާރަފުކުރެވިފައެވެ.

އެޕަލްގެ މި އައު އަޕްޑޭޓްތަކަކީ ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ އަޕްޑޭޓްތަކެއް ކަމަށް ބެލެވެއެވެ.

ނަމަވެސް މިއީ ބީޓާ ވާޝަންތަކަކަށް ވުމާއެކު، ފައިނަލް ވާޝަން ނެރުމުގެ ކުރިން އިތުރު ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

comment ކޮމެންޓް