ބުޅަލަށް ވަޅިން ހަމަލާދިން މީހާގެ ބަންދަށް އިތުރު 10 ދުވަސް

މާލެ މަގުމަތީގައި އޮތް ބުޅަލަކަށް ވަޅި ޖަހާ މަންޒަރު--- ފޮޓޯ/ އާންމުވެފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް

މާލެ މަގުމަތީގައި އޮތް ބުޅަލަކަށް ވަޅިން ހަމަލާދިނުމުން ހައްޔަރުކުރި މީހާ އިތުރު ބުޅަލަކަށް ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކޮށް، ބަންދަށް މުއްދަތު އިތުރުކޮށްފިއެވެ.

މާލެ މަގުމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅިޖަހާ ވީޑިއީއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 45 އަހަރުގެ އަހްމަދު ނަސީމެވެ. އެ މައްސަލައިގައި މިދިޔަ މަހު 18 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖެހިއެވެ.

ކްރިމިނަލް ކޯޓުން ނަސީމްގެ ބަންދަށްޖެހި މުއްދަތު ހަމަވުމުން އޭނާ އިއްޔެ ކޯޓަށް ހާޒިރުކުރިއެވެ. ނަމަވެސް އޭނާ އިތުރު ބުޅަލަކަށް ހަމަލާދޭން އުޅުނުކަމަށް ހެކި ލިބިފައިވުމުގެ ސަބަބުން ބަންދަށް އިތުރު 10 ދުވަސް ޖެހީއެވެ.

އޭނާ އަކީ މީގެ ކުރިންވެސް ކުށުގެ ރިކޯޑު އޮތް މީހެއްކަމަށް ފުލުހުން ކޯޓުގައި މައުލޫމާތުދީފައިވެއެވެ.

ގާނޫނުލް އުގޫބާތު ބުނާގޮތުން ޖަނަވާރުންނަށް އަނިޔާ ކުރުމަކީ ކުށެކެވެ.

comment ކޮމެންޓް