މާފަރުގައި ލަންކާ ޒުވާނަކު ގެނބިގެން މަރުވެއްޖެ

މާފަރުގައި ޒުވާނަކު ގެންބިގެން މަރުވެއްޖެ...

ނ. މާފަރުގައި މޫދަށް އެރިއުޅުނު މީހަކު ގެނބިގެން މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ސްރީލަންކާ ފިރިހެނެކެވެ. އޭނާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އޭނާއަކީ ލޭންޑިން ކްރާފްޓެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި އޭނާ މަރުވީ ވަލެއް ނައްޓަން މޫދަށް ފައިބައިގެން އުޅުމުގެ ތެރޭގައި ގެނބިގެން ކަމަށް ފުލުހުން ބުންޏެވެ.

ޑޮކްޓަރުންނާ ހާވާލާދީ ފުލުހުން ބުނީ، މި މީހާ ފަރުވާދިނުމަށް މާފާރުގެ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

comment ކޮމެންޓް