ރައީސްގެ 5 އަހަރުގެ އަމާޒު: އުފައްދާ ކަރަންޓުގެ 33 ޕަސެންޓު އިޔާދަކުރިނިވި ހަކަތައިން އުފެއްދުން

ރައީސް ޑރ. މުއިއްޒު ކޮޕް28 ސަމިޓުގައި ތަގުރީރުކުރެއްވުމަށްފަހު ވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މި ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ޓަކައި ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި ކަން އިއުލާންކުރެއްވީ ކޮޕް28 ސަމިޓުގައި މިއަދު ހަވީރު ތަގުރީރުކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ޓަކައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމްކުރުންކަމަށެވެ.

އެގޮތުން އިޔާދަކުރަނިވި ހަކަތައިން ރާއްޖޭގައި އުފައްދާ ކަރަންޓުގެ ނިސްބަތް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ 33 ޕަސެންޓަށް އިތުރުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރު އެ ނިސްބަތް ހުރީ އެންމެ ހަަތަރު ޕަސެންޓުގައި ކަމަށެވެ.

ފަސް އަހަަރަށް ކަނޑައަޅައިފައިވާ އަމާޒަށް ވާސިލްވުމަށް ޓަކައި 600 މިލިއަން ޑޮލަރު ބޭނުންވާ ކަަމަށާއި ބައިނަލްއަގްވާމީ ދުނިޔޭގެ ކިބައިން އެ ކަމުގައި އެހީތެރިކަަން ބޭނުންވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެ މަނިކުފާނުވަނީ މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް ހިންގަވަން ނިންމަވައިފައިވާކަމަށް ވިދާޅުވެފައެވެ.

https://sun.mv/185510

ރައީސް ވިދާޅުވީ ރާއްޖޭގެ ވެއްޓަކީ ފެހި، ސާފު ވެއްޓަކަށް ހެދުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ.

މީގެ އިތުރުން އެ މަނިކުފާނުގެ ތަގުރީރުގައިވަނީ ރާއްޖޭގެ ގުދުރަތީ ވެށީގައި ހިމެނޭ ކޮންމެ ދިރުމަކީ ވެސް އަގުހުރި ދިރުމެއްކަމަށާއި، އެއިން އެއްވެސް ދިރުމަކަށް ލިބޭ ގެއްލުމަކީ މުޅި ރާއްޖޭގެ އިގްތިޞާދަަށް ލިބޭ ގެއްލުމެއްކަމަށް ވެސް ވިދާޅުވެފައެވެ.

އެއާއެކު ރާއްޖެއިން ހުށަހަޅާ ދެ ކަމެއް ރައީސްވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ވަނީ މި އަހަރުގެ ކޮޕް ސަމިޓު ޔޫއޭއީގައި ބާއްވާއިރު އެ ގައުމުން ފޯރުކޮށްދިން ފުރިހަމަ މެހުމާންދާރީއަށް ޝުކުރު އަދައިކުރައްވައިފައެވެ. އަދި ކޮޕް28 ސަމިޓުގެ ރިޔާސަތު ބެލެހެއްޓުމުގައި އެ ގައުމުން އަދާކުރާ ދައުރު ބަލައިގަންނަކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް