ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާތު އަވާ ފާހަގަކޮށްފި

ޕުލްމޭން މޯލްޑިވްސް މާމުޓާ ރިސޯޓުގައި އާތު އަވާ ފާހަގަކުރުން ----ފޮޓޯ/ ޕުލްމޭން މޯލްޑިވްސް މާމުޓާ ރިސޯޓު، ފޭސްބުކް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަޑިއިރަކަށް ދިއްލުންތައް ނިއްވާލައިގެން، މިރޭ އާތުއަވާ ފާހަގަކޮށްފިއެވެ.

ސޯޝަލްމީޑިއާއިން ފެންނަ ފޮޓޯތަކާ ވީޑިއޯތަކުން، ގިނަ ރަށްތަކާއި ރިސޯޓުތަކުގައި ވެސް މި ހަރަކާތް ވަނީ ތަފާތުކޮށް ފާހަގަކޮށްފައެވެ.

މިގޮތުން، ބައެއް ރަށްތަކާއި ރިސޯޓުތަކުގައި ދިއްލުންތައް ނިއްވާލައިގެން އުއްބަތި ބޭނުންކޮށް އެކި ޑިޒައިންތައް ހަދާފައި ހުރި މަންޒަރު ފެނެއެވެ.

ހުޅުދުއްފާރުގައި އާތު އަވާ ފާހަގަކުރުން ---- ހުޅުދުއްފާރު ކައުންސިލް

މިރޭ އާތު އަވާ ފާހަގަކޮށްފައި ވަނީ 09:45 އިން 10:45 ގެ ނިޔަލަށެވެ.

މިނިސްޓްރީން ބުނީ މި ހަރަކާތަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގައި މަގުޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަ ކަމުގެ އަޒުމު ދައްކުވައިދިނުމަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ގްރޭންޑް ޕާކް ކޮއްދިއްޕަރުގައި ފަތުރުވެރިން ތަކެއް އާތު އަވާ ފާހަގަކުރަނީ --- ފޮޓޯ/ ގްރޭންޑް ޕާކް ކޮއްދިއްޕަރު

އޭގެއިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 މިނެޓުގެ ވަގުތަށް ރަމްޒީ 'ލައިޓް އައުޓް" ޕީރިއަޑެއްގައި ބައިވެރިވެ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކިވަކި ފަރުދުންނާއި އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމަށް ހިތްވަރު ދިނުމަށް ބާއްވާ ހަރަކާތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް