އިންޓާ މިލާނާއި ބެންފީކާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

މިމެޗްގައި ޖާއޮ މާރިއޯވަނީ ތިން ލަނޑު ޖަހާ ހެޓްރިކެއް ހަދައިފަ / ފޮޓޯ: ޑެޓިކްސްޕޯޓް - ޑެޓިކްކޮމް

ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ޑީގައި އިންޓާ މިލާނާއި ބެންފީކާ ބައްދަލު ކުރި މެޗު އެއްވަރުވެއްޖެއެވެ.

ބެންފީކާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ އިންޓާއިންނެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެފައިވަނީ ބެންފީކާއިންނެވެ. މިގޮތުން ބެންފީކާއިން ވަނީ މެޗުގެ ފަސްވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖާއޮ މަރިއޯއެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ބެންފީކާގެ ލީޑު ފުޅާކޮށްދިނީ ވެސް މާރިއޯއެވެ.

މި މެޗުގައި މަރިއޯވަނީ ބެންފީކާގެ ތިންވަަނަ ލަނޑު މެޗުގެ 34ވަނަ މިނެޓްގައި ޖަހައިދީ ހެޓްރިކެއް ވެސް ހަދައިފައެވެ.

އިންޓާއިން މި މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 51ވަނަ މިނެޓްގައި ޖަހައިދިނީ މާކޯ އަނައުޓޮވިޗްއެވެ. މި ލަނޑު ޖެހިތާ ހަތް މިނެޓް ފަހުން ޑޭވިޑް ފްރަޓޭސީވަނީ އިންޓާގެ ދެވަނަ ލަނޑު ކަމިޔާބުކޮށްދީ ދެ ޓީމްގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗުގެ ނަތީޖާ އިންޓާއިން ހަމަހަމަކުރީ މެޗުގެ 72ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ.

މިމެޗު އެއްވަރު ވުމުން އިންޓާ މިހާރު އުޅެނީ ފަސް މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. އެއީ އެއްވަނައިގައި އުޅޭ ރެއާލް ސޮސިއެޑާޑާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ސޮސިއެޑާޑަށް ކުރި ލިބޭތީއެވެ. އަދި ބެންފީކާ އުޅެނީ އެއް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.

comment ކޮމެންޓް