ސަރުކާރަށް އިތުރު 20 ނައިބު މިނިސްޓަރުން އައްޔަންކުރައްވައިފި

ރައީސް އޮފީހުގައި ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ އެކި ވުޒާރާތަކަށް މިއަދު އިތުރު 20 ނައިބު ވަޒީރުން އައްޔަންކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވައިކުރެއްވުމާއެކު އެ މަނިކުފާނު ގެންދަވަނީ ސަރުކާރު އެކުލަވައިލެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން އެކި ވުޒާރާތަކަށް ސްޓޭޓް މިނިސްޓަރުުން އައްޔަންކުރެއްވުމާއި، އެ ނޫން މަގާމުތަކަށް ވެސް ބޭފުޅުން ގެންދަވަނީ ހަމަޖައްސަވަަމުންނެވެ.

މިއަދު މަގާމު ހަވާލުކުރެވުނު ނައިބު ވަޒީރުންނާއެކު މިހާތަނަށް ނައިބު ވަޒީރުންގެ ގޮތުގައި އައްޔަންކުރެއްވި ބޭފުޅުންގެ އަދަދު 40 އިން މައްޗަށް އަރައެވެ.

މިއަދު އައްޔަންކުރެއްވި ބޭފުޅުންނަކީ:

  1. މިނިސްޓަރު އޮފް ފޮރިން އެފެއާޒްގެ ނައިބުގެ މަގާމަށް، ގ.ކުދިރުވާލިގެ އާމިނަތު ރަނާ ހުސައިން ޝިހާމް
  2. މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް، ގުލްޒާރުގެ، ޅ.ނައިފަރު ހުސައިން ޒީނީ
  3. މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް، މ.ބާރަނާގެއާގެ އަރްހަމް ހުސައިން
  4. މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް، ގުލިސްތާނުވިލާ، ބ.އޭދަފުށި އަލްއުސްތާޛު ހައްސާނު ހަމީދު
  5. މިނިސްޓަރު އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް، ފަރެސްއަވަށް. އުދަރެސް، ގދ.ފަރެސްމާތޮޑާ، އަހްމަދު އައިމަން
  6. މިނިސްޓަރު އޮފް ހެލްތުގެ ނާއިބުގެ މަގާމަށް، ގުލްހަޒާރުގެ، ފ.ނިލަންދޫ، އަލްއުސްތާޛު އިސްމާޢީލް ޒާހިރު
  7. މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ނައިބުގެ މަގާމަށް، ބީޗްސައިޑް، ފ.ނިލަންދޫ، ޝަފީގާ ނައީމް
  8. މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް، ހުޅުމާލެ.ފްލެޓްނަންބަރު ޑީ-2-9ސީ، މާލެ، އައްޝައިޚް މުތީއު އިސްމާއިލް މުހައްމަދު
  9. މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް، ގަމަރީ، ގދ.މަޑަވެލި، އައްޝައިޚް އުސާމް މުހައްމަދު ސައީދު
  10. މިނިސްޓަރު އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް، ލަންސިމޫގެ، ބ. އޭދަފުށި، އަބްދުﷲ ރަޝީދު
  11. މިނިސްޓަރު އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނައިބުގެ މަގާމަށް، ދަޑިމަގު.އަލި، ޏ.ފުވައްމުލައް، ޢަލީ ނިޒާރު
  12. މިނިސްޓަރު އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް، ގ.އެރިއަދޫ، ޒާއިދު އަހްމަދު
  13. މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނައިބުގެ މަގާމަށް، ދަޑިމަގު، އަނޯނާގެ، ޏ.ފުވައްމުލައް، ހަސަން ޒިހާން
  14. މިނިސްޓަރު އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނައިބުގެ މަގާމަށް، މއ.ޝެޑޯވީ، އަހްމަދު އަންވަރު
  15. މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރުގެ ނައިބުގެ މަގާމަށް، މއ. ބްލޫބާޑް، އަލީ ސަލީމް
  16. މިނިސްޓަރު އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ނައިބުގެ މަގާމަށް، މާޖެހިގެ، އދ.ފެންފުށި، އަހްމަދު އަދުނާން
  17. މިނިސްޓަރު އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބުގެ މަގާމަށް، ޑައިމަންޑްހައުސް، ހއ.ބާރަށް، މުހައްމަދު ނާފިޒް
  18. މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބުގެ މަގާމަށް، ރަސިޔާ، ހދ.ވައިކަރަދޫ، އަހްމަދު އިރުފާހް
  19. މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބުގެ މަގާމަށް، ބޮކަރުމާގެ، ތ.ވޭމަންޑޫ، އަބްދުﷲ މުފީދު
  20. މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބުގެ މަގާމަށް، ގޯލްޑެންހައުސް، ހއ.ބާރަށް، ޢަލީ ޝަމީމް
comment ކޮމެންޓް