އަންނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގައި އީ ސިގިރެޓް ބޭނުންކުރުން މަނާކުރަނީ

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ވޭޕް އުފައްދައި، އިޝްތިހާރުކޮށް، ސަޕްލައި ކުރުން އޮސްޓްރޭލިއާގައި މަނާކުރަން. ފޮޓޯ/ޔަހޫ ލައިފްސްޓައިލް

ކުޑަކުދިން ކެމިކަލް މާއްދާއެއްކަމަށްވާ ނިކޮޓިނަށް ދެވިހިފުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި، ޖެނުއަރީ މަހުން ފެށިގެން އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ އީސިނގިރެޓް އެތެރެކުރުން މަނާކުރަން އޮސްޓްރޭލިއާއިން ނިންމައިފިއެވެ.

އެއްފަހަރު ބޭނުކޮށްފައި އުކައިލައި ވޭޕް ބޭނުންކުރުން މަރުހަލާތަކަކަށް ބަހައިލައިގެން ހުއްޓައިލަން ނިންމައިފައިވާކަމުގެ އިޝާރާތެއް އޮސްޓްރޭލިއާ ސަރުކާރުން ދިން ނަމަވެސް މިހާތަނަށް އެއީ ކޮން އިރަކު ކަމެއް ހާމަކޮށްފައެއްނުވެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ވޭޕް އުފައްދައި، އިޝްތިހާރުކޮށް، ސަޕްލައި ކުރުން ހުއްޓުވުމަށް އާ ގާނޫނުތަކެއް ތައާރަފްކުރަން ވެސް އެ ގައުމުންވަނީ ނިންމައިފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށްފަހު ވޭޕް ކުރަން ފަށާ މީހުން ގިނަކަމަށާއި ނަމަވެސް އެ ކަމުގެ ސަބަބުން ނިކޮޓިނަށް ބަރޯސާވެފައި އޮތް އާ ޖީލެއް އުފެދިފައިވާ ކަމަށް އޮސްޓްރޭލިއާގެ ސިއްހީ ވުޒާރާއާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ

އެގޮތުން 2021ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގެ އެއްވެސް ރައްޔިތަކަށް ޑޮކްޓަރެއްގެ ލަފާނެތި އީސިނގިރޭޓް ނުވަތަ ނިކޮޓީން ވޭޕް ގަތުމާއި އެތެރެކުރުން ގާނޫނާ ޚިލާފުކަމެއްގެ ގޮތުގައި އޮތް ނަމަވެސް ނިކޮޓިންއަށް ދެވިހިފައިފައިވާ މީހުންގެ ނިސްބަތް އުޅެނީ އެ ގައުމުގައި ވަރަށް މަތީގައެވެ.

ވޭޕް ކުރުމުގެ ސަބަބުން ދިގު މުއްދަތަކަށް ކުރާ އަސަރުތަކާ ބެހޭގޮތުން އަދި އެކަށީގެންވާ ވަރަށް އެނގިފައިނުވާ ކަމަށް ތަޖުރިބާކާރުންވަނީ އިންޒާރު ދީފައެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ދިރާސާތަކުން ދައްކައި ގޮތުގައި ދިގު މުއްދަތަކަށް ވޭޕްކުރުމުގެ ސަބަބުން ފުއްޕާމޭގެ ބަލިތަކާއި ނޭވާ ހިއްލުމުގެ ބަލިތައް އިތުރުވެއެވެ.

comment ކޮމެންޓް