އޭޑީއެޗްޑީއަށް އެންމެ ރަނގަޅު އެއް ފަރުވާއަކީ މާހައުލު؟

އޭޑީއެޗްޑީ: މައުލޫމާތު ކޮންމެހެންވެސް އެނގުން މުހިއްމު މައުޟޫއެއް--ފޮޓޯ/ސްކޫލްމެނޭޖްމެންޓްޕްލަސް

އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީއަކީ ސަމާލުކަން ނުދިނުން ފަދަ އަލާމާތްތަކުން ދެނެގަނެވޭ ކަމެކެވެ. އެއަށް ބޭސް ބޭނުންކުރި ނަމަވެސް، އެންމެ ރަނގަޅު ގޮތަކީ ބައްޔެއް ކަމަށް ނުދެކި، މާހައުލުގައި ހުންނަ ކަންކަން ރަނގަޅުކުރުން ކަމަށް ދިރާސާވެރިން އަންނަނީ ބުނަމުންނެވެ.

ލަންޑަންގެ ކިންގްސް ކޮލެޖުގެ އިންސްޓިޓިއުޓް އޮފް ސައިކޭޓްރީ، ސައިކޮލޮޖީ އެންޑް ނިއުރޯސައިންސްގެ ޕްރޮފެސަރު ޑރ.ސޮނުގާ-ބާކެ ވިދާޅުވި ގޮތުގައި، އޭޑީއެޗްޑީއަށް ބޭނުންކުރާ ބޭސްތަކުގެ އަސަރުކުރުން ބޮޑު ވަނީ ބޮލުގެ ހުރިހާ ތަނެއްގައި ހުންނަ ޑޯޕަމިން އަދި ނޯރެޕިންފްރިން ރިސެޕްޓަތަކަށް އަސަރުކުރާތީއެވެ.

އޭޑީއެޗްޑީ ތަހައްމަލު ކުރާ ކުދިންނަށް ހާއްސަ އަޅާލުމާއި ލޯބި ދިނުން ކޮންމެހެންވެސް މުހިއްމު--ފޮޓޯ/ހެލްތިއަ.ސްޓޭންޑްފޯޑްޗިލްޑްރެން

އެހެން ގޮތަކަށް ބުނާނަމަ، މި ބޭސްތަކުން އޭޑީއެޗްޑީގެ އަލާމާތްތަކާ ގުޅުންހުރި ބޮލުގެ ތަފާތު ގިނަ ނިޒާމުތަކަށް އަސަރުކުރާ ކަމަށް ޑރ.ސޮނުގާ-ބާކެ ވަނީ ވިދާޅުވެފައެވެ. އޭޑީއެޗްޑީގެ ގަދަފަދަ އަލާމާތްތައް ހުންނަ މީހުންނަށް މިއީ ދިރިއުޅުމަށް ބަދަލު ގެނެވިދާނެ އެއްޗެކެވެ.

ސުވީޑަންގައި ފަހަކަށް އައިސް ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި އޭޑީއެޗްޑީ ދެނެގަނެވިފައިވާ މީހުންގެ ތެރެއިން ބޭސް ބޭނުންކުރާ މީހުންގެ ދިގު މުއްދަތަކަށް ވަޒީފާ ނެތުމުގެ ފުރުސަތު ކުޑަވެއެވެ. އެހެންނަމަވެސް، މީގެ ފައިދާތަކާ ގެއްލުންތައް ވެސް އަޅާ ކިޔުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެކެވެ.

ކުޑަކުދިންގެ ޖިސްމާނީ ބޮޑުވުމަށް މި ބޭސްތަކުން އަސަރުކުރާތީ، މި ބޭސް ކޮންމެހެން ވެސް ދޭން ޖެހެނީ އެ ކުދިންގެ ހާލު މާ ބޮޑަށް ދެރަވެ، ކުދިން ކޮންޓްރޯލްނުވާ ހިސާބަށް ދިއުމުންނެވެ. ބޮޑެތި މީހުންނަށް މި ފަދަ ބޭސްތަކުން ކުރާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ސައިކޯސިސް އަދި ހިތުގެ މައްސަލަތަކުގެ ރިސްކު އިތުރުވުން ހިމެނެއެވެ.

ހަމައެއާއެކު ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް އިތުރަށް ގޯސްވުން ވެސް ހިމެނެއެވެ. ދިގު މުއްދަތަކަށް މިފަދަ މައްސަލަތަށް ކުރިމަތިވާނަމަ މިއަށްވުރެ ރަނގަޅު ހައްލު ހޯދުމަށް މަސައްކަތްކުރެވިދާނެއެވެ.

އޭޑީއެޗްޑީ ހުންނަ މީހުންގެ ކިބައިގައި އާންމުކޮށް ފެންނަ އަލާމާތްތައް އެހެން މި ބާވަތުގެ ހާލަތްތައް ހުންނަ މީހުންގެ ކިބައިން ވެސް ފެނެއެވެ. މި މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ބައެއް މާހިރުން ދެކޭ ގޮތުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އެންމެ ރަނގަޅު ގޮތަކީ "ޓްރާންސްޑައިގްނޮސްޓިކް" އުސޫލެއް ގެންގުޅުމެވެ.

އެ ގޮތުން، މައިންބަފައިންނާއި މުދައްރިސުން އެހީތެރިވެދޭ، ހިތްހެޔޮ މާހައުލެއް ޤާއިމުކޮށްދީ އަދި ތައުލީމީ، އަޚުލާޤީ ކާމިޔާބީތަކަށް އިނާމުދީ ހިތްވަރުދޭ މާހައުލެއް ގާއިމުކުރުމުން އެ ކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަ ކަމަށް ދިރާސާތަކުން ދައްކައެވެ.

ކެލިފޯނިއާ ޔުނިވާސިޓީގެ ބާކްލޭގެ ނަފުސާނީ މާހިރު ސްޓީފަން ހިންޝޯ ވިދާޅުވާ ގޮތުގައި ގިނަ ބޮޑެތި މީހުންގެ އޭޑީއެޗްޑީގެ އަލާމާތްތައް "ފޮރުވިގެން" ދަނީ އެ މީހުންގެ ހުނަރުތަކާ ގުޅޭ ވަޒީފާތަކާއި ގުޅުންތަކުގައި އުޅޭއިރެވެ.

ބާކްބެކް ޔުނިވާސިޓީގެ ނޭންސީ ޑޮއިލް ވިދާޅުވާ ގޮތުގައި، އޭޑީއެޗްޑީގެ އަލާމާތްތައް ހުންނަ މީހުންނަށް ސްކޫލުތަކާއި މަސައްކަތުގެ މާޙައުލުތައް އަލުން ފަރުމާކުރެވިއްޖެނަމަ، އެ މީހުން އެ މާޙައުލުތަކަށް ހޭނުމަށް އިންތިޒާރުކުރުމަށްވުރެ މާ ގިނަ ކަންތައްތަކެއް ޙާޞިލުކުރެވޭނެއެވެ.

އޭޑީއެޗް ތަހައްމަލު ނުކުރިއަސް ކޮންމެ ކުއްޖަކީ ވެސް މުހިއްމު ކުއްޖެއް--ފޮޓޯ/އެވްރީޑޭހެލްތް

ސްކޫލުތަކުގައި ކްލާސްރޫމްތަކުގެ ދޮރުތަކާއި ކުޑަދޮރުތައް ބަންދުކުރުމުން ސަމާލުކަން ގެއްލޭ ފަދަ އަޑުތައް މަދުކުރެވެއެވެ. ނިއުރޯޑައިވާސިޓީއަށް މަގުފަހިކުރުމާ ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކަށް ލަފާދެއްވާ ޑރ. ޑޮއިލް ދެނެގަތް ގޮތުގައި، އޭޑީއެޗްޑީ އަދި އެހެނިހެން ނިއުރޯޑައިވާސް ޙާލަތްތައް ހުންނަ މުވައްޒަފުންނަށް އެންމެ ބޭނުންތެރި ކަންތައްތަކަކީ ހިލޭ ކޮށްދެވެން ހުރި ކަންތައްތަކެވެ.

މިސާލަކަށް ގެއިން މަސައްކަތްކުރުމުގެ ފުރުޞަތު ނުވަތަ އޮފީހުގައި ހޭދަކުރާނެ ވަގުތު އަމިއްލައަށް ޚިޔާރުކުރުމުގެ ފުރުޞަތު ދިނުން ފަދަ ކަންކަން އޭގެ ތެރޭގައި ހިމެނެއެވެ.

މިފަދަ ފިޔަވަޅުތައް އެޅުމަށް ފަހު އެއަށް އެކަނި ބޭސްފަރުވާއިން ލިބޭ ކާމިޔާބީ ހޯދޭތޯ ބެލުމަކީ ވެސް މުހިއްމު ކަމެކެވެ. އެއާއެކު މިފަދަ ފިޔަވަޅުތަކުން އޭޑީއެޗްޑީ ފަދަ އަލާމާތްތައް ހުންނަ އަދި އެ މީހުންގެ ޠަބީޢަތުގެ ބަދަލުގައި އެ މީހުންގެ މާޙައުލުން އުފެދޭ މައްސަލަތައް ޙައްލުކުރުމަށް ބޭހަށް ބަރޯސާވާ ގިނަ މީހުންގެ ދިރިއުޅުން ފަސޭހަކޮށްދެވިދާނެއެވެ.

comment ކޮމެންޓް