ރާއްޖެއިން ތުރުކީއަށް އެތެރެކުރާ މަހުން ޑިއުޓީ ކަނޑާލުމުގެ މަޝްވަރާތައްކޮށްފި

ޑެޕިއުޓީ މިނިސްޓާ އޮފް ޓްރޭޑް މުސްޓަފާ ޓުޒްކޫއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --

ރާއްޖެއިން ތުރުކީއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމުގެ މަޝްވަރާތައް ކުރައްވާފައި ވާކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.

އޭނާ އެފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މިވަގުތު ތުރުކީއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ޑެޕިއުޓީ މިނިސްޓާ އޮފް ޓްރޭޑް މުސްތަފާ ޓުޒްކޫ އާ ބައްދަލު ކުރެއްވުމަށް ފަހުއެވެ.

ޒަމީރު ވިދާޅުވީ، ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް އެ ގައުމުގެ މާކެޓަށް އެތެރެ ކުރުމުގައި ފަސޭހަ މަގެއް ބޭނުންވާކަމުގެ މަޝްވަރާތައް އެ ބައްދަލުވުމުގައި ކުރެއްވި ކަމަށެވެ.

މީގެ އިތުރުން، ދެގައުމުގައި ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ވެސް މަޝްވަރާތަކެއް ކުރެވުނު ކަމަށް ޒަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖެއާއި ތުރުކީގެ ވިޔަފާރި ގުޅުންތަކާއެކު، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

މިވަގުތު ރައީސް ތުރުކީއަށް ކުރައްވާ ދަތުރުފުޅުގައި ގިނަ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

https://sun.mv/185345

މި ދަތުރުފުޅުގައި ރައީސް ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ކާޑުން ނެގޭ ޑޮލަރު ލިމިޓުވެފައި އޮތުމުން ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން މީގެ ކުރިން ރައީސް ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާ ވެސް ބައްދަލުކުރައްވާފައެވެ.

comment ކޮމެންޓް