އިތުރު އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް

ދާދި ދެންމެ ހިނގި އެކްސިޑެންޓުގައި، ދެ މީހަކަށް ވަނީ އަނިޔާވެފައި--- ސަން ފޮޓޯ: ކިޔުންތެރިއެއް

ހުޅުމާލޭގައި މިއަދު އިތުރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

އެ އެކްސިޑެންޓު ހިނގީ މިއަދު މެންދުރު ފަހުއެވެ. މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި، އެ އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ އަންހެނަކަށާއި ފިރިހެނެކަށެވެ. އޭގެ ތެރެއިން، ފިރިހެން މީހާގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށާއި އަންހެން މީހާގެ ނޭފަތުން ލޭ އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.

މި އެކްސިޑެންޓާ ގުޅިގެން ޕޮލިހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިއީ ހުޅުމާލޭގައި މިއަދު ހިނގި ދެވަނަ އެކްސިޑެންޓެވެ. މިއަދު މެންދުރު 12:15ހާއިރު ވެސް ހުޅުމާލޭގައި ވަނީ އެކްސިޑެންޓެއް ހިނގައިފައެވެ.

އެ އެކްސިޑެންޓުގައި ވެސް ދެ ސައިކަލް ދުއްވަން އިން ދެ މީހުންނަށް ވެސް އަނިޔާވި ކަމަށާއި އޭގެ ތެރެއިން އެކެއްގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

މާލެ ސަރަހައްދުގައި މަގުމަތީގެ އެކްސިޑެންޓްތައް ހިނގުމަކީ ހަމަ ކޮންމެ ދުވަހަކު ހެން މިހާރު ހިނގަމުން އަންނަ ކަމެކެވެ. މިކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ނުކުޅެދޭ ހާލަތަށް ގޮސްފައިވެއެވެ.

comment ކޮމެންޓް