ކޮވިޑަށް ހުއްޓައިފައި އޮތުމަށްފަހު އަލުން އީގޭޓްގެ ޚިދުމަތް ފަށައިފި

ފަތުރުވެރިން އިމިގްރޭޝަން ކައުންޓަރުތަކުގައި --

ދަތުރުފަތުރުކުރާ ދިވެހިންނަށް ފަސޭހައިން ދަތުރުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން އަލުން އީގޭޓްގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ފަށައިފިއެވެ.

މި ކަމާއި ގުޅިގެން އިމްިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަލުން އިމިގްރޭޝަނުން އީގޭޓް ހުޅުވައިލިއިރު ބައެއް ޚިދުމަތްތައް ޒަމާނީކޮށްފައިވާކަމަށެވެ.

އެގޮތުން މިހާރު އީގޭޓްގެ ޚިދުމަތް ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތް އިމިގްރޭޝަނުން ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން މިހާރު ޖެހޭނީ އީގެޓް ކައިރިއަށް ދިޔުމަށްފަހު ބޯޑިން ޕާހުގެ ބާކޯޑު ޖައްސައިލާށެވެ. ޕާސް ރީޑުކުރި ކަމުގެ ހެޔޮ ފާހަގަ ސްކްރީނަށް އެރުމުން ބޯޑިން ފާސް ނަގާނީއެވެ.

އެއަށްފަހު ދެން ޖެހޭނީ ޕާސްޕޯޓުގެ ބަޔޯ ޑާޓާ ޕޭޖް ސްކްރީނުގައި ޖައްސާލާށެވެ.

އެންމެ ފަހު ކަމަކަށް ޕާސްޕޯޓާ ހަވާލުވި ވަގުތު ވެރިފިކޭޝަން ނަގާފައިވާ އިނގިލި ފިންގަ ޕްރިންޓު ރީޑުގައި ޖައްސާލުމުން ގޭޓު ހުޅުވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި ޚިދުމަތާއެކު ދަތުރުކުރާ ފަސިންޖަރުންނަށް ހިދުމަތް ހޯދުމަތް ފަސޭހަ ވެގެން ދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

https://sun.mv/184981

އީގޭޓުގެ ޚިދުމަތް ހުއްޓާލީ ކޮވިޑް ދުވަސްވަރު ދިމާވި ދަތިތަކާ ހެދިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އީގޭޓެއް ގާއިމުކުރީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އީ ގޭޓުގެ ޚިދުމަތުގެ ޚިދުމަތް އަލުން ފަށައިފައިވާއިރު، މީގެ ހަފުތާއެއް ކުރިން އިމިގްރޭޝަނުން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖެ އަންނަ ދިވެހިންނަށް، ޓްރެވެލާ ޑިކްލެރޭޝަން ފޯމް ފުރަން ނުޖެހޭހެން އިންތިޒާމުތައް ހަަމަޖައްސައިފައެވެ.

comment ކޮމެންޓް