އާންމުންގެ ކަންބޮޑުވުމާއެކު ބަލައިފާސްކުރި ގަރާޖަކުން ދެ ބިދޭސީން ހައްޔަރުކޮށްފި

ހުޅުމާލޭ ގަރާޖެއް ބަލައިފާސްކޮށް، ދެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި -- ފޮޓޯ/ އިމިގްރޭޝަން

ހުޅުމާލޭގައި ހުންނަ ގަރާޖެއްގައި ގަވާއިދާ ޚިލާފަށް ތިބި ދެ ބިދޭސީއަކު އިމިގްރޭޝަނުން ހޮނިހިރު ދުވަހު ހައްޔަރު ކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ އެ ގަރާޖު ބަލައިފާސްކުރީ، އެ ތަނުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުން އަންނަ ކަމަށް މީސްމީޑިއާގައި ހިއްސާކޮށްފައިވާ ކަންބޮޑުވުމާ ގުޅިގެން ކަމަށެވެ.

އެ ގޮތުން އެ ތަން ބަލައިފާސްކޮށް، އެ ތަނުގައިި ތިބި ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި ދެ މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ވެރިކަމާ ހަވާލުވި ފަހުން، 3،322އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ކުރަމުން އަންނައިރު، މިހާތަނަށް 257 ތަނެއް ރެއިޑުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

comment ކޮމެންޓް