ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަސް ބިދޭސީން އަތުލައިގެންފި

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަސް ބިދޭސީން އަތުލައިގަތުން -- ފޮޓޯ/ އިމިގްރޭޝަން

ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަސް ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ، ޓާސްކު ފޯހަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި އެމީހުން އަތުލައިގަތުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން، މިއަދު ހާއްސަ ރެއިޑެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

މި ރެއިޑުގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ފަސް ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި ވާކަމަށާއި މި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ކްރެޑިޓް ކާޑު ފެނިފައި ވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ފުލުހުން ދަނީ ބަލަމުންނެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ ބޮޑު އޮޕަރޭޝަނެއް އިމިގްރޭޝަނުން ވަނީ ފަށާފައެވެ.

comment ކޮމެންޓް