މުންއިމް، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ވަކިކޮށްފި

ޏ. ފުވައްމުލައް މިސްކިތްމަގު، މާވޭދު، މުންއިމް އަނީސަށް މަގާމު ހަވާލުކުރަނީ-- ފޮޓޯ/ ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވި ޏ. ފުވައްމުލައް މިސްކިތްމަގު، މާވޭދު، މުންއިމް އަނީސް އެ މަގާމުން ވަކިކޮށްފިއެވެ.

މުންއިމް އެ މަގާމަށް އައްޔަންކުރީ މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އޭނާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުންވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

https://sun.mv/185175

ކުއްލި ގޮތަކަށް އޭނާ މަގާމުން ވަކިކުރިއިރު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް މުޙައްމަދު ފަހުމީ ހަސަން އައްޔަންކުރެއްވިތާ ހަތަރު ދުވަސްފަހުން، އިއްޔެ އޭނާ ވެސް ވަނީ އެ މަގާމުން ވަކިކުރައްވާފައެވެ.

މިހާރު ވެސް ސަރުކާރުގެ މުހިންމު މަގާމުތަކަށް ރައީސް ޑރ. މުއިއްޒު ގެންދަވަނީ ބޭފުޅުން އައްޔަންކުރައްވަމުންނެވެ.

މުންއިމްއަކީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ހަމައެކަނި ބޭފުޅާއެވެ. މިނިސްޓަރަކަށް އައްޔަންކުރެއްވީ ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހީމް ފައިސަލްއެވެ.

comment ކޮމެންޓް