ފަހުމީ ސްޓޭޓް މިނިސްޓަރުކަމުން ވަކިކޮށްފި

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ފަހުމީއާ ހަވާލުކުރުން -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް މުޙައްމަދު ފަހުމީ ހަސަން އައްޔަންކުރެއްވިތާ ހަތަރު ދުވަސްފަހުން އެ މަގާމުން އޭނާ ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުންވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

ފަހުމީ އެ މަގާމަށް އައްޔަންކުރީ ހޯމަ ދުވަހެވެ. އެ ދުވަހު އޭނާގެ އިތުރުން ދެ ސްޓޭޓް މިނިސްޓަރަކަށް މަގާމު ދެއްވައިފައިވެއެވެ.

ކުއްލި ގޮތަކަށް އޭނާ މަގާމުން ވަކިކުރިއިރު މިހާރު ވެސް ސަރުކާރުގެ މުހިންމު މަގާމުތަކަށް ރައީސް ޑރ. މުއިއްޒު ގެންދަވަނީ ބޭފުޅުން އައްޔަންކުރައްވަމުންނެވެ.

މީގެ ކުރިން ފަހުމީވަނީ ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަން ކުރައްވައިފައެވެ. އަދި މެލޭޝިއާގައި ހުންނަވާ ސަފީރުގެ މަގާމު ވެސް އޭނާވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުރުއްވައިފައެވެ.

comment ކޮމެންޓް