ޕީސީބީގެ ރައީސްކަމަށް ހަމްދީ އައްޔަންކޮށްފި

ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަން ކުރެވުނު ޙަމްދީ ޢަޤީލް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމުގެ މަގާމަށް ހަމްދީ އަގީލް މިއަދު އައްޔަންކޮށްފިއެވެ.

ހަމްދީ އެ މަގާމަށް އައްޔަންކޮށްފައިވާއިރު، މީގެ ކުރިން މެންބަރުން ހަމަނުވެ އޮތް ޕީސީބީއަށް ހަމަ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ، ތިން މެންބަރަކު އައްޔަންކޮށްފައެވެ.

އެ ބޯޑަށް ތިން މެންބަރުން އައްޔަންކޮށްފައިވަނީ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިންނާއި، ބޭންކިންގެ ދާއިރާގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ. އެ ދާއިރާތަކަށް އައްޔަންކުރި މެންބަރުންނަކީ:

  • އެކައުންޓިން އެންޑް ފައިނޭންސް ގެ ދާއިރާއިން: އަޙްމަދު މުޝްތާޤު
  • ބޭންކިންގެ ދާއިރާއިން: ލީނާ ޢަބްދުލްޖަލީލް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: އަލްއުސްތާޛު މޫސާ ފަތުޙީ އާދަމެވެ

https://sun.mv/185054

ހަމްދީވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީއިން މާސްޓާ އޮފް ކޮމާސް ހާސިލުކުރައްވައިފައެވެ. އޭނާ މީގެ ކުރިން އަދައިކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ހިމެނެއެވެ.

ދެހާސް އަށާރަވަނަ އަހަރު އޭނާ ވަނީ ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްކަމުގެ މަގާމު ވެސް އަދައިކުރައްވައިފައެވެ.

ޕީސީބީގެ ގާނޫނުގައިވާ ގޮތުން އެ ބޯޑުގައި ތިބޭނީ ރައީސް އައްޔަންކުރައްވާ ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދެއްވާ މެންބަރުންތަކެކެވެ.

comment ކޮމެންޓް