މެންބަރުން ހަމަނުވެ އޮތް، ޕީސީބީއަށް ތިން މެންބަރުން އައްޔަންކޮށްފި

ޕީސީބީ އެސްއޯއީ ކޮމިޓީގައި -- ފޮޓޯ/ މަޖިލިސް

މެންބަރުން ހަމަނުވެ އޮތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތިން މެންބަރުން އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މި ބޯޑަށް ތިން މެންބަރުން އައްޔަންކުރީ، އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން، ބޭންކިންގެ ދާއިރާއިން އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކަމަށެވެ. އެ މެންބަރުންނަކީ:

  • އެކައުންޓިން އެންޑް ފައިނޭންސް ގެ ދާއިރާއިން: އަޙްމަދު މުޝްތާޤު
  • ބޭންކިންގެ ދާއިރާއިން: ލީނާ ޢަބްދުލްޖަލީލް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: އަލްއުސްތާޛު މޫސާ ފަތުޙީ އާދަމެވެ.

މީގެ ކުރިން އެ ބޯޑުގައި ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވުމަށް ފަހު ކުރީގެ ސަރުކާރުން އޮތީ އެ ބޯޑަށް އައްޔަންކުރަން ޖެހޭ ބޭފުޅުން އައްޔަންނުކޮށެވެ.

ކަން މިހެން އޮތުމުގެ ސަބަބުން އާ ސަރުކާރުން ކުންފުނިތަކުގެ ބޯޑަށް ހުޝަހަޅާ، ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތްތަށް އޮތީ ހުއްޓިފައެވެ. އެހެންނަމަވެސް އަލަށް ރައީސް މިއަދު އައްޔަންކުރެއްވި ތިން މެންބަރުންނާ އެކު އެ މަސައްކަތްތައް ފެށޭނެއެވެ.

ޕީސީބީގެ ގާނޫނުގައިވާ ގޮތުން އެ ބޯޑުގައި ތިބޭނީ ރައީސް އައްޔަންކުރައްވާ ބޭބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދެއްވާ މެންބަރުންތަކެކެވެ.

comment ކޮމެންޓް