ގައުމީ ޔުނިވާސިޓީގެ ޗާންސެލަރަކަށް ޑރ. ޝައުގީ

ޤައުމީ ޔުނިވަސިޓީގެ ޗާންސެލަރު ކަމުގެ މަގާމަށް އައްޔަންކުރެއްވި ޑރ. މަޙްމޫދު ޝައުޤީ-- ފޮޓޯ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުކަމުގެ މަގާމަށް ޑރ. މަޙްމޫދު ޝައުޤީ މިއަދު އައްޔަނުކުރައްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިއަދު ވެސް ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައި އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ.

ގައުމީ ޔުނިވަސިޓީގެ ޗާންސެލަރުކަމަށް އައްޔަނުކުރެއްވި ޑރ. ޝައުގީއަކީ މީގެ ކުރިން ޓޫރިޒަމް މިނިސްޓަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ.

ޑރ. ޝައުގީ ޕީއެޗްޑީ ހެއްދެވީ ކެނެޑާގެ އަލްބާޓާ ޔުނިވާސިޓީއިންނެވެ.

މީގެ އިތުރުން އޭނާވަނީ ކުރިން އެޑިޔުކޭޝަން މިނިސްޓަރުކަމާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރުކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.

މި ރަސްމިއްޔާތުގައި ޔުނިވަސިޓީގެ އިތުރު އިސް މަގާމުތަކަށް ވެސް ބޭފުޅުން ވަނީ އައްޔަންކުރައްވައިފައެވެ.

އެގޮތުން ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކަމަށް، ޑރ. އައިޝަތު ޝެހެނާޒް އާދަމް އައްޔަންކުރައްވައިފައިވެއެވެ.

ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކަމަށް އައްޔަންކުރެއްވި މާފަންނު އެމޭޒަން ޑރ. ޢާއިޝަތު ޝެހެނާޒު -- ފޮޓޯ: ރައީސް އޮފީސް

އަދި އިސްލާމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކަމަށް، ޑރ. އަލީ ޒާހިރުވަނީ އައްޔަންކުރައްވައިފައެވެ.

އިސްލާމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކަމަށް އައްޔަނުކުރެއްވި މާފަންނު ހިތިމާގެ ޑރ. އަލީ ޒާހިރު-- ފޮޓޯ ރައީސް އޮފީސް

މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރައްވައި ފަތްކޮޅު އެރުވި ބޭފުޅުންނަކީ:

  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް، ގަލޮޅު ވަށަފަރު، އިޤްބާލް އާދަމް
  • މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް، މާފަންނު ކޮތަންމާގެ މުޙައްމަދު ހުސައިން ޝަރީފް

ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އައްޔަންކުރެއްވި ބޭފުޅުންނަކީ:

  • ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް، ތިލަދުންމަތީ އުތުރުބުރި ވަށަފަރު ބްލޫހައުސް މުހައްމަދު ވަހީދު ހަސަން
  • ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ހިންގެވުމަށް އިސް ބޭފުޅެއްގެ ގޮތުގައި، މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީކަމަށް، މައްޗަންގޮޅި ބޮޑުދަހަރާގެ، ޑރ. މުޙައްމަދު ކިނާނަތު
  • ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ގަލޮޅު ލިޓޯނިޔާ މުޙައްމަދު ޝަމްއާން ވަހީދު
comment ކޮމެންޓް