ސަން ސިޔާމް ކެއާއިން ހަކުރު ބަލީގެ ދުވަސް ފާހަގަކުރަން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް

ސަންސިޔާމް ވިލުރީފުން ހަކުރު ބަލީގެ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ

ސަން ސިޔާމް ކެއާ އަދި ސަން ސިޔާމް ވިލުރީފުގެ ފެމިލީ ކްލަބުން އިންތިޒާމުކޮށްގެން ހަކުރު ބަލީގެ ދުވަސް ފާހަގަކޮށްފިއެވެ.

މި ހަރާކާތް ކުރިއަށް ގެންދިޔައީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު، ފ. މަގޫދޫ، އަދި ވިލުރީފް ރިސޯޓުގައެވެ.

މި ހަރަކާތާ ގުޅޭގޮތުން 'ސަން'އަށް މައުލޫމާތު ދެއްވަމުން ވިލުރީފް ފެމިލީ ކުލަބުގެ ޗެއާޕާސަން މުހައްމަދު ހަމީދު ވިދާޅުވީ މި ހަރަކާތަކީ ހަކުރު ބައްޔާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ހިންގުނު ސެޝަންތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ މި ހަރަކާތަކީ ޑައިބީޓީސް ސޮސައިޓީސް އޮފް މޮލްޑިވްސްއާ ވެސް ގުޅިގެން ބޭއްވުނު އިވެންޓެއް ކަމަށެވެ. އަދި، އެ ސޮސައިޓީގެ ހަތަރު ބޭފުޅަކު މި ހަރަކާތުގައި ބައިވެރިވެފައިވާކަން ވެސް ހަމީދު ފާހަގަ ކުރެއްވިއެވެ.

ސަން ސިޔާމް ވިލުރީފުން ހަކުރު ބަލީގެ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ

އޭނާ ވިދާޅުވީ މަގޫދޫގައި މި ހަރަކާތް ،ކުރިއަށް ގެންދިއުމަށްޓަކައި އެ ރަށުގެ ހުރިހާ މުއައްސަސާތަކެއްގެ ވެސް އެހީތެރިކަމާއި އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބުނު ކަމަށެވެ.

މި ހަރަކާތަކީ އެ ރަށުގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެހެން އިންތިޒާމު ކޮށްފައިވާ ސެޝަނެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ދެ ލޮކޭޝަނެއްގައި މި ހަރަކާތް ކުރިއަށް ގެންދިޔައިރު، އެންމެ ފުރަތަމަ ސެޝަން އޮތީ ހުކުރު ދުވަހުގެ ރޭގަނޑު 20:00 އިން ފެށިގެން 21:30 އާ ހަމައަށެވެ. އަދި، ދެވަނަ ސެޝަން ކުރިއަށް ގެންދިޔައީ، 10:00 އިން ފެށިގެން 11:00 އަށް މިދިޔަ ހޮނިހިރޔު ދުވަހުއެވެ.

ސަންސިޔާމް ވިލުރީފުން ހަކުރު ބަލީގެ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ

މަގޫދޫއިން މި ހަރަކާތުގައި 100 އަށް ވުރެ ގިނަ ރައްޔިތުން ބައިވެރިވީއިރު، ރިސޯޓުގައި ބޭއްވި ސެޝަނުގައި ވެސް 40 މުވައްޒަފުން ބައިވެރިވެފައިވާކަމަށް ހަމީދު މައުލޫމާތު ދެއެެވެ.

މި ހަރަކާތް ފުރިހަމަކަމާ އެކު ކުރިއަށް ގެންދިއުމަށް މަގޫދޫ ކައުންސިލާއި، މަގޫދޫ ހެލްތު ސެންޓަރާއި އަދި މަގޫދޫ ސްކޫލުގެ އިތުރުން ރަށުގެ ހުރިހާ ރައްޔިތުން ވެދެއްވި އެހީތެރިކަމަށް ވިލުރިފް ކުލަބުގެ ޗެއާޕާސަން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި، ޚާއްސަކޮށް ރިސޯޓުގް މެނޭޖުމަންޓުން ދެއްވި އެއްބާރުލުމާއި ރިސޯޓުގެ މެނޭޖަރު ދެއްވި އެއްބާރުލުން ފާހަގަކޮށް އޭނާ ވަނީ ނިހާޔަތަށް ޝުކުރުއަދާ ކޮށްފައެވެ.

މީގެ ކުރިން ވެސް ސަން ސިޔަމް ވިލުރީފުން ވަނީ، އާންމުންނަށާއި, ތިމާވެށީގެ އިތުރުން މުޅި މުޖުތަމައަށް ވެސް ފައިދާވާނޭފަދަ އެތައް ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް