އައްޑޫގެ ފަޅުރަށަކަށް ދަތުރު ގޮސް އުޅުނު މީހަކު މަރުވެއްޖެ

އައްޑޫ ސިޓީ --- ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އެއްރުއްހެރާއަށް ދަތުރު ގޮސް އުޅުނު މީހަކު މަރުވެއްޖެއެވެ.

މިއަދު ފުލުހުން ބުނީ، ދަތުރުގޮސް އުޅުނު މީހަކު ހާލު ދެރަވެގެން ކޯސްޓްގާޑްގެ އެހީތެރިކަމާ އެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 12:55 ހާއިރު ލިބިފައިވާ ކަމަށެވެ.

ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

މިއަދު މަރުވެފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެހެވެ.

comment ކޮމެންޓް