ހުވާ ކުރައްވާ ރަސްމިއްޔާތަށް ބައެއް ރޫޓުތަކުގެ ބަސް ދަތުރު މެދުކަނޑައިލަނީ

އެމްޓީސީސީގެ ބަހެއް -- ސަންފޮޓޯ/ ނާއިލް ހުސައިން

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތާ ގުޅިގެން މާލޭގެ ބައެއް ބަސް ރޫޓުތަކުގެ ދަތުރުތައް މެދުކަނޑައިލަން އެމްޓީސީސީން ނިންމައިފިއެވެ.

މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތާއި ގުޅިގެން ފުލުހުން ވަނީ މާދަމައިން ފެށިގެން އަންނަ އާދީއްތާ ދުވަހުގެ ނިޔަލަށް މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފައެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ބަހުގެ ހިދުމަތްދޭ ރޫޓުތަކުގެ ތެރެއިން އޯކިޑް ރޫޓް (R10) އާއި ސޯސަން ރޫޓް (R11)ގެ ބަހުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމާފައިވާ ކަމަށެވެ.

ބަންދު ކުރެވިފައިވާ ސަރަހައްދު---

މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅައިގެން ލިބޭނެއެވެ.

މާދަމާ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައެވެ. އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ ޖަލްސާގައި ބައިވެރިވުމަށް ވަނީ ސަރަހައްދުގެ ގައުމުތަކުގެ ވެރިންނަށް ވެސް ދައުވަތު އަރުވައިފައެވެ.

comment ކޮމެންޓް