ޖޭއެސްސީއަށް އަސްލަމް އައްޔަންކޮށްފި

ޖޭއެސްސީއަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އައްޔަންކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް މުޙައްމަދު އަސްލަމް އައްޔަންކުރައްވައިފިއެވެ.

އަސްލަމް މި މަގާމަށް އައްޔަންކުރެއްވީ، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހޯމަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ހަމަ އެ ރޭ މަޖިލީހުގަ އެޖެންޑާ ކުރި ޖަލްސާއެއްގައި، އަސްލަމް ވަނީ އެ އެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުކޮށްފައެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް އައްޔަނުކުރެއްވުމާ ގުޅިގެން އެ މަނިކުފާނު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. އަސްލަމަށް ހުވާލައި ދެއްވީ، އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން، އަސްލަމަށް ވަނީ ހަވާލުކުރައްވައިފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި އަސްލަމް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސް ޞާލިޙު ހަވާލުވެލެއްވުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.

އަސްލަމް އެންމެ ފުރަތަމަ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ 2005 ވަނަ އަހަރުއެވެ.

comment ކޮމެންޓް