ރާއްޖެއަކީ އިންޑިއާއިން ހާއްސަ މަގާމެއް ދީފައިވާ ގައުމެއް: މޯދީ

އިންޑިޔާގެ ''ނެއިބާހޫޑް ފަސްޓް'' ގެ ސިޔާސަތުގައި ދިވެހިރާއްޖެ އަކީ އިންޑިޔާއިން ވަރަށް ހާއްސަ މަޤާމެއް ދީފައިވާ ގައުމެއް ކަމަށް އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ނެރުނު ބަޔާނެއްގައި މޯދީ ވިދާޅުވީ، ރާއްޖެ އަކީ އިންޑިޔާގެ ސަލާމާތާއި ކުރިއެރުމުގެ ތަޞައްވުރު ކަމަށްވާ "ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން" ޤާއިމު ކޮށްދިނުމަށް ޓަކައި އިސްދައުރެއް އަދާކުރަމުން ގެންދާ ޤައުމެއް ކަމަށެވެ.

އަދި، އިންޑިޔާ އާއި ރާއްޖޭގެ ދެމެދުގައި އުފެދިފައި އޮތް ގާތް ގުޅުމަކީ ތާރީޚާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް މޯދީ ވިދާޅުވިއެވެ.

މީގެއިތުރުން މޯދީ ވަނީ ދެ ޤައުމުގެ ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ޓަކައި ދިވެހިރާއްޖެ އާ ގުޅިގެން އެ ގައުމުން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

comment ކޮމެންޓް