މައުމޫނުގެ ރައްދު ރައީސަށް: ސަރުކާރު ބަދަލުވަނީ އަބަދު ވެސް އަމާންކޮށް

ރައީސް މައުމޫނު އަބްދުލް ގައްޔޫމު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުން --- ފޮޓޯ: ޓްވިޓާ

ސަރުކާރު ބަދަލުވުމުގެ މަރުހަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިއަދު ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްދު ދެއްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބުކުރައްވާ ރައީސް ދެއްވި ޚީޠާބުގައި ވިދާޅުވީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރުކަމަށެވެ. އަދި މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަސް ރައީސް ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވާ މައުމޫން ވިދާޅުވީ، 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު ކަމަށެވެ. އަދި ވެރިކަން އަމާންކަމާއެކު ބަދަލުވަނީ ހަމައެކަނި މިފަހަރު އެކަނި ނޫންކަމަށެވެ.

ރައީސް މިއަދު ދެއްވި ޚިޠާބުގައި އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހިރައްޔިތުން ދެކޭހިތްވާނެ ކަމަށެވެ.

"މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ޤައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް. ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ޤާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ޤައުމާއި ރައްޔިތުން،" ރައީސް ވިދާޅުވިއެވެ.

https://sun.mv/184489

ރައީސް މިއަދު ވަނީ ފާއިތުވި ފަސް އަހަރު ކުރިމަތިވި ގޮންޖެހުންތައް ހަނދާން އާކުރައްވަ ވާހަކަ ދައްކަވާފައެވެ. އަދި އެ ދަތި އުނދަގުލުން ހާސިލްވި ކާމިޔާބީއާއި ލިބިފައިވާ ކުރިއެރުން ވެސް ރައީސް ވަނީ ހަނދާން ކޮށްދެއްވަފައެވެ.

comment ކޮމެންޓް