ދެ ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

އަތުލައިގަތް ދެ ކިލޯގެ މަސްތުވާތަކެތި-- ފޮޓޯ/ކަސްޓަމްސް

ކުރިއާ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު 2.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނިގޮތުގައި މިތަކެތި އަލުލައިގެންފައިވަނީ ވޭތުވެދިޔަ އޮގަސްޓް މަހާއި ސެޕްޓެމްބަރުގެ ތެރޭގައި ރާއްޖެ ގެނައި ޕާރުސަލްތަކެއް ބަލާފާސްކުރުމުގެ ތެރެއިންއެވެ.

އެގޮތުން ހަތަރު މައްސަލައެއްގައި އަތުލައިގަނެވުނު މަސްތުވާތަކެތި "ސިންތެޓިކް ކެތިނޯން"އަށް ވަނީ ޕޮސިޓިވް ވެފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އެއް މައްސަލައެއްގައި އަތުލައިގަނެވުނު މަސްތުވާތަކެތި "މެފެޑްރޯން"އަށް ޕޮސިޓިވް ވެފައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މަސްތުވާތަކެތި އަތުލައިގަނެވުނު ދުވަސްތައް:

  • ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ކުރިއާ މެދުވެރިކޮށް ޗައިނާއިން އެތެރެ ކުރި 510 ގުރާމްގެ ސިންތެޓިކް ކެތިނޯން
  • ސެޕްޓެމްބަރު 28 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ނެދަލޭންޑްސްއިން އެތެރެކުރި 100 ގުރާމްގެ ސިންތެޓިކް ކެތިނޯންގެ މަސްތުވާތަކެތި
  • 12 އޮކްޓޯބަރުގައި ކުރިއާ މެދުވެރިކޮށް ފްރާންސްއިން އެތެރެކުރި 989.6 ގުރާމްގެ ސިންތެޓިކް ކެތިނޯންގެ މަސްތުވާތަކެތި
  • 19 އޮކްޓޯބަރުގައި ކުރިއާ މެދުވެރިކޮށް ޗައިނާއިން އެތެރެކުރި 520 ގުރާމްގެ ސިންތެޓިކް ކެތިނޯންގެ މަސްތުވާތަކެތި
  • 25 އޮކްޓޯބަރުގައި ކުރިއާ މެދުވެރިކޮށް އިނގިރޭސިވިލާތުން އެތެރެ ކުރި 270 ގުރާމްގެ މެފެޑްރޯން މަސްތުވާތަކެތި

ކަސްޓަމްސްއިން ބުނީ އަތުލައިގެން މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައިނުވާތީ މި މައްސަލަތަކުގައި ބަޔަކު ހައްޔަރުކުރި ނުވަތަ ނުކުރާކަމެއް އަދި ނޭނގެއެވެ.

comment ކޮމެންޓް