ފަތުރުވެރިން ގިނައިން އަޔަސް ހޭދަކުރާ މުއްދަތު މަދު، އެއީ ގެއްލުމެއް: މަޓާޓޯ

މަޓާޓޯއިން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

ރާއްޖެ އަންނަ ފަތުުރުވެރިންގެ އަދަދު އިތުރުވަމުން އައި ނަަމަވެސް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު މަދުވެ، އޭގެ ސަބަބުން އާމްދަނީ ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަޓާޓޯއިން ކޮންމެ މަހަކު ނެރޭ ރިޕޯޓުގައިވާ ގޮތުން، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު މަދުވުމުގެ ސަބަބުން ގާތްގަނޑަކަށް 160 މިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ.

އެގޮތުން މި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ރާއްޖޭގެ ބެޑް ކެޕޭސިޓީ ހުރީ 62،822 ގައި ކަމަށާއި މި އަހަރުގެ މިހާތަނަށް ވިކުނީ މީގެ ތެރެއިން 51 ޕަސެންޓް އެނދު ކަމަށް މަޓާާޓޯއިން ބުންޏެވެ.

މީގެ އިތުރުން މިދިޔަ އަހަރު ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ހޭދަކުރި މުއްދަތު 8.1 ގައި ހުރި ނަމަވެސް މި އަހަރު އެ އަަދަދު 7.6 އަށް ދަށްވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

https://sun.mv/183247

މަޓާޓޯއިން ބުނީ ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ ޖީއެސްޓީ ފަދަ ބައެއް ޓެކްސްތަކުން އޭގެ އިތުރުވުން ފެންނާނެ ކަންކަން ކަމަށެވެ. ނަމަވެސް ހޭދަކުރާ މުއްދަތު މަދު ވުމަކީ އޭގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ކުރާނެ ކަމެކެވެ.

އެ ހާލަތު ރަނގަޅުކުރުމަށް ޓަކައި، މިހާރު ގެސްޓް ހައުސްތަކާއި ރިސޯޓުތަަކާއި ހޮޓާތަކުން ކޮޓަރި ވިއްކާ އަގު ކުޑަކުރުމަކީ ކުރުން މުހިންމު ކަމެއްކަމަށް މަޓާޓޯއިން ލަފާދެއެވެ.

މީގެ ކުރިން މަޓާޓޯއިން ވަނީ މިދިޔަ މަހުގެ ތެރޭ ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މި ދާއިރާއާ ގުޅޭގޮތުން ހެދި ދިރާސާތައް އާންމުކޮށްފައެވެ. އަދި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

comment ކޮމެންޓް