ސިފައިންގެ މީހަކު ކުއްޖެއްގެ ބަރަހަނާ ވީޑިއޯ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ފުލުހެއްގެ ޔުނީފޯމުގައި އެ މުއައްސަސާގެ ލޯގޯ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިފައިންގެ މީހަކު ކުޑަކުއްޖެއްގެ ބަރަހަނާ ވީޑިއޯ ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އަށާރަ އަހަރުން ދަށުގެ އަންހެން ކުއްޖެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ ނަގައި ވީޑިއޯ ކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވެނީ ސިފައިންގެ މީހަކަށެވެ.

މި މައްސަލާގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ކުޑަ އަންހެން ކުއްޖެއްގެ ކޮޓަރީގައި ސިއްރު ކެމެރާ ހަރުކޮށް ވީޑިއޯ ރެކޯޑްކުރާ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްސަލަ އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ.

comment ކޮމެންޓް