މޯލްޑިވްސް ޓޫރިޒަމް އެވޯޑުގެ ބެސްޓް ރިސޯޓް ޖޯލި މުރަވަންދުއަށް

ނެޝަނަލް ޓުއަރިޒަމް ޑޭ ގާލާ ނައިޓްގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ނެޝަނަލް ޓުއަރިޒަމް ޑޭ ގާލާ ނައިޓްގައި ދިން "މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް 2023"ގެ ބެސްޓް ރިސޯޓު އެވޯޑު ޖޯލި މުރަވަންދޫން ހާސިލްކޮށްފިއެވެ.

މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖެއަށް ޓޫރިޒަމް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ. މީގެ އިތުރުން އެ ހަފުލާގައި މޯލްޑިވްސް މާކެޓިން އެންޑެ ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ތައްޔިބް މުހައްމަދާއި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ދައުލަތުގެ އިސް ބޭފުޅުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މިރޭ ބޭއްވި ހަފުލާގައި ބެސްޓް ރިސޯޓު އެވޯޑު ހިމެނޭހެން "ކެޓަގަރީ ވިނާސް"ގެ އެވޯޑު ހަތަރު ފަރާތަކަށް ދީފައި ވެއެވެ. އެއީ:

  • ބެސްޓް ވޯޓާ ސްޕޯޓްސް ސެންޓާ: އޯޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑް
  • ބެސްޓް ޑައިވް ސެންޓާ: ރަސްދޫ ޑައިވާސް ކުރަމަތި
  • ބެސްޓް ޓްރަވެލް އެޖެންސީ: ވޮއެޖެސް މީލްޑިވްސް ޕްރައިވެޓް ލިމިޓެޑް

މީގެ އިތުރުން ވެސް މިރޭ ވަނީ އިތުރު ހަތަރު ކެޓަގަރީއަކުން އެވޯޑު ދީފައެވެ. އެގޮތުން މިރޭ އެވޯޑު ދީފައިވާ ކެޓަގަރީ ތަކަކީ:

  • ޖެނެރަލް ކެޓަގަރީސް އޮފް ޓުއަރިސްޓް އެސްޓަބްލިޝްމަންޓްސް، ޓުއަރިސްޓް ގެސްޓް ހައުސް އެންޑް ޓުއަރިސްޓް ހޮޓެލްސް
  • ޓޫރިސްޓް ވެސަލް ކެޓަގަރީ
  • ޓޫރިސްޓް ރިޒޯޓް ކެޓަގަރީ
  • ޓޫރިޒަމް ޕްރޮފެޝަނަލްސް

"މޯލްޑިވްސް ޓޫރިޒަމް އެވޯޑު"އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރު މުޅިން އަލަށް ދޭން ފެށި އެވޯޑެކެވެ. މިދިޔަ އަހަރު މޯލްޑިވްސް ޓޫރިޒަމް އެވޯޑުގެ ބެސްޓް ރިސޯޓަކަށް ހޮވިފައި ވަނީ، ވަން އެންޑް އޮންލީ ރީތީރަށެވެ.

comment ކޮމެންޓް