Dhiraagu
Ooredoo

ޕީޖީން އެދިގެން ޔާމީންގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި

އޮގަސްޓް 2، 2021: ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުން މިދިޔަ ޑިސެމްބަރު 25ގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން މިއަދަށް ހައިކޯޓުގައި ތާވަލުކޮށްފައި އޮތް އިސްތިއުނާފު އަޑުއެހުން ދައުލަތުން އެދިގެން ކެންސަލްކޮށްފިއެވެ.

Ooredoo

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ. އެ މައްސަލަ އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފު ކޮށްފައެވެ. އެކަމަކު، އެކިއެކި ސަބަބުތަކާ ހުރެ އެ މައްސަލައިގެ އިސްތިއުނާފު ވަނީ ހައިކޯޓުގައި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ.

ހައިކޯޓުން މިއަދު ބުނީ، މިއަދު މެންދުރު ފަހު 2 ޖަހާއިރު ބޭއްވުމަށް ތާވަލު ކުރި، ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ އަޑުއެހުން ކެންސަލް ކުރެވިފައިވާ ކަމަށެވެ. އަޑުއެހުން ކެންސަލް ކުރެވިފައިވަނީ ޕީޖީގެ ވަކީލުންގެ އެދިވަޑައިގަތުމަކަށް ކަމަށް އެ ކޯޓުން ބުންޏެވެ.

އިސްތިއުނާފް މަރުހަލާގައި މިހާރު ކުރިއަށް ދަނީ ޔާމީންގެ މައްޗަށް އިއްވާފައިވާ ދެ ހުކުމުގެ ތެރެއިން މަނީ ލޯންޑަރިންގެ މައްސަލައެވެ. އެ މައްސަލައިގައި ފަނޑިޔާރުންނާއި ވަކީލުން ސުވާލުކުރުމުގެ މަރުހަލާ ކުރިއަށް ދާއިރު، އަދި މި މައްސަލައިގެ އަޑުއެހުންތައް ނިމޭނެ އިރެއް ނޭނގެއެވެ.

ގިނަ ދުވަސްތަކެއް ޖަލުގައި އޮންނެވުމަށް ފަހު، ނިމިދިޔަ ރިޔާސީ އިންތިޚާބު ޕީޕީއެމް/ޕީއެންސީން ކާމިޔާބު ކުރުމާ އެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ގައުމުގެ މަސްލަހަތު އިސްކުރައްވަން ކަމަށް ވިދާޅުވެ، ޔާމީން ގެކޮޅަށް ބަދަލު ކުރައްވައިފައެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޔާމީން ގެކޮޅަށް ބަދަލު ކޮށްދެއްވަން ރައީސް ޞާލިޙްގެ ކިބައިން އެދިވަޑައިގެންފައެވެ.

Redstar
comment ކޮމެންޓް

comment އިބްރާހިމް

1 year 6 month ago

ރ ޔާމީންގެ މައްޗަށް އިއްވާފައިވާ ސިޔާސީ ހުކުމް ދެންވާނެގޮތެއްކަމަށް ލަފާކުރެވެނީ ޕީޖީގެ ވަކީލުން އިތުރަށް ދޮގުހަދަން ބޭނުންނުވެ ޝަރީއަތަށް ހާޟިރުވާން އުޒުރުވެރިވުމެވެ. އެހެންކަމުން މި މައްސަލާގައި ދައުލަތް ފޭލިވީކަމަށްބުނެ ރ ޔާމީން ސަލާމަތްވާނީ. އެމްޑީޕީގެ ތަންދޮރު ނުދަންނަ މީހުން ގަބޫލްކުރާނީ ރ ޔާމީން ސަލާމަތްވީ ދައުލަތުން ފަރުވާކުޑަކުރުމުން ކަމަށެވެ. ފުރަތަމަ ހުކުމްވެސް ސުޕްރީމްކޯޓުން ބާތިލްކުރީ 2އ ރ ޔާމީން ޖަލުގައި ބޭއްވުމަށްފަހު މައްސަލައިގެ އަސްލުކަމުގައިވާ ޗެކްގެ ނަމްބަރު ނުބައިވުމުންނެވެ.

comment ދިވެހި ޒުވާނުން

1 year 6 month ago

ޔާމީނު އިހަށް މެޑަމް ގާތު ޖޯލީގައި މަޑުކޮށްލަން ފުރުޞަތު ދިނަސް އެންމެ ރަނގަޅެއްނޫން ދޯ